ރެއަލް މެޑްރިޑްގެ ރިޔާސީ ކެނޑިޑޭޓް، ރިކެލްމޭ؛ ފޮޓޯ / އެލްސޯރިއޯ
ކުޅިވަރު
06 Jun 2026 | 10:16
ރިކެލްމޭގެ ޓްރާންސްފާ ވައުދުތައް ކްލޮޕް އަދި ހާލަންޑްގެ ފަރާތުން ދޮގުކޮށްފި

ރެއާލް މެޑްރިޑްގެ ރިޔާސީ ކެނޑިޑޭޓް އެންރީކޭ ރިކެލްމޭ ހޮވިއްޖެނަމަ ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް އަދި މެންޗަސްޓަރ ސިޓީގެ ފޯވާޑް ހާލަންޑް ރެއަލް މެޑްރިޑަށް އަންނާނެކަމަށް އޭނާ ވައުދުވުމުން ކްލޮޕް އަދި ހާލަންޑްގެ ފަރާތުން އެ ވައުދުތައް ދޮގުކޮށްފިއެވެ.

އެގޮތުން، ރިކެލްމޭ މިހެން ބުނެފައިވަނީ އޭނާ މީޑިއާއަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުންނެވެ. އަދި އޭނާ ވަނީ ހާލަންޑްގެ ނަން ޖެހި ރެއަލް މެޑްރިޑްގެ ޖޯޒީއެއް ވެސް ދައްކާލާފައެވެ.

ރިކެލްމޭގެ މި ވާހަކަތަކާއި ގުޅިގެން ޔާގަން ކްލޮޕްގެ އޭޖެންޓް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ކްލޮޕްގެ އެޖެންޓް ބުނި ގޮތުގައި ކްލޮޕް އެއްވެސް ކްލަބެއް ކޯޗުކުރުމަށް ހިޔާލުކުރަމުން ނުދާ ކަމަށެވެ.

ކްލޮޕްގެ އިތުރުން، ރިކެލްމޭ ވަނީ އޭނާ ރެއާލް މެޑްރިޑްގެ ރައީސްކަމަށް ހޮވިއްޖެ ނަމަ، މެންޗެސްޓަރ ސިޓީއަށް ކުޅެމުންދާ ފޯވާޑް އާލިންގް ހާލަންޑް އެ ކްލަބަށް ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވާފައެވެ.

ރިކެލްމޭގެ މި ވައުދުތަކާއި ގުޅިގެން، އާލިންގް ހާލަންޑްގެ އެޖެންޓާއި އޭނާގެ ބައްޕަ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ހާލަންޑްގެ ފަރާތުން ބުނެފައިވަނީ ރިކެލްމޭއާއެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ނުވަތަ މަޝްވަރާއެއް ހިނގާފައި ނުވާނެ ކަމަށެވެ. 

މީގެ އިތުރުން، ހާލަންޑްގެ މިހާރުގެ ކްލަބް ކަމަށްވާ މެންޗެސްޓަރ ސިޓީން ވަނީ އެންރީކޭ ރިކެލްމޭގެ މި އަމަލާ މެދު ނުރުހުން ފާޅުކޮށްފައެވެ. ސިޓީގެ ކުޅުންތެރިއަކާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާތީ، އެ ކްލަބުން ވަނީ ރިކެލްމޭއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ