ޤައުމީ ދާރުލް އާސާރު
ހަބަރު
03 May 2026 | 12:27
ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ވެސް އާންމުންނަށް ހުޅުވަނީ

މާލޭގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ވެސް އާންމުންނަށް ހުޅުވަން ނިންމައިފި ކަމަށް ހެރިޓޭޖް މިނިސްޓަރ، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ހީނާ މިކަން ހާމަކޮށްފައިވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން، މިހާރު ދާރުލްއާސާރު ހުޅުވައިފައި ހުންނަނީ ހަމައެކަނި ރަސްމީ ދުވަސްތަކުގައެވެ. ނަމަވެސް، އެތަނުގެ ތަކެތި ބަލާލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިހާރު ކޮންމެ ހޮނިހިރު ދުވަހަކުވެސް އެތަން ހުޅުވަން ނިންމަވައިފާވާ ކަމަށް މިނިސްޓަރ ހީނާ ވަނީ ވިދާޅުވެފައެވެ.

މިހާރު ރަސްމީ ދުވަހު ހުޅުވައިފައި ހުރުމުގެ އިތުރުން އެކި ފަރާތްތަކުން އެދިވަޑައިގަންނަވާ ގޮތުގެ މަތިން ވީހާވެސް ގިނަ ބޭފުޅުންނަށް ގައުމީ ދާރުލްއާސާރަށް ވަދެ އެ ތަނުގައި ހުރި ބައެއް ކަހަލަ ކަންތައްތައް ބަލައި ދިރާސާކޮށް އަދި ކިޔަވާ ކުދިންނަށާއި އަދި ރައްޔިތުން ވެސް ބޭނުންވާ ގަޑިތަކުގަ ވަދެވޭނެ ގޮތް ހެދުމުގެ ގޮތުން، ކޮންމެ ހޮނިހިރު ދުވަހެއްގެ ވެސް ހެނދުނު 10:00 ހަވީރު 4:00 އެގޮތުން، 18 މެއި 2026 އިން ފެށިގެން އަޅުގަނޑުމެން ކޮންމެ ހޮނިހިރު ދުވަހެއްގަ ގައުމީ ދާރުލްއާސާރު ހުޅުވައި މީހުންނަށް ވަދެވޭ ގޮތަށް ބެހެއްޓުމަށް މިހާރު ވަނީ ނިންމާފަ. 

މިނިސްޓަރ ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރަސްމީ ދުވަސްތަކުގައި ވެސް ދާރުލްއާސާރަށް ވަދެވޭ ގަޑި ރޭގަނޑަށް އިތުރުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާނެ ކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ދާރުލްއާސާރު ރޭގަނޑު 9 ނޫނީ 10 ޖަހަންދެން ހުޅުވައިފައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަކީ، ދިވެހިރާއްޖޭގެ ސަގާފީ އެތަކެއް މައުލޫމާތެއް އެއް ތަނަކުން ލިބެން ހުންނަ ތަނަކެވެ. އެގޮތުން، އެ ތަނަކީ ސްކޫލަތަކުން ވެސް ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ވަރަށް ގިނައިން ދަރިވަރުން ވެސް ގެންދާ ތަނެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ