އަޙްމަދު އާހިލް ސަޢީދު
އިންޓަރން ލިޔުންތެރިއެއް
އަޙްމަދު އާހިލް ސަޢީދު
25 Mar 2026
ހިމަންދޫ، ހުޅުދުއްފާރު އަދި ވައިކަރަދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއްގައި ސޮއިކޮށްފި
އއ. ހިމަންދޫ އާއި ރ. ހުޅުދުއްފާރުގެ މަގުތައް ތަރައްޤީކުރުމުގެ އިތުރުން ހދ. ވައިކަރަދޫގައި ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެ މިނިސްޓްރީގައެވެ.
25 Mar 2026
5 ރަށެއްގެ އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފި
ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ލ. މުންޑޫ ބަނދަރު ތަރައްޤީކުރުމާއި، ގއ. ނިލަންދޫ އަދި ގދ. ހޯނޑެއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ނ. ލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއެކު އެ ރަށުގެ މޫދަށް އެރޭ ސަރަޙައްދާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ރ. އަނގޮޅިތީމުގެ ބަނދަރާއި، ޖެޓީ އަދި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
25 Mar 2026
ދިރާސާތަކަށްފަހު ނިންމީ އައްޑޫ -ހިތަދޫ ހުޅުމީދޫ ބްރިޖަކުން ގުޅުވާލަން
މިނިސްޓްރީއިން ފާހަގަކުރި ގޮތުގައި އައްޑޫ-ހިތަދޫ ހުޅުމީދޫ ގުޅުވައިލުމަށްޓަކައި މައިގަނޑު 2 ގޮތެއް ވަނީ ދިރާސާ ކޮށްފައެވެ. އެއީ އެ ރަށްތައް ކޭބަލް ކާރުން ގުޅުވައިލުން ނުވަތަ ބްރިޖު ކަނެކްޝަނަކުން ގުޅުވައިލުމެވެ. ކުރި ދިރާސާތަކަށްފަހު ހުރިހާ ގޮތަކުން އެންމެ ރަނގަޅީ ބްރިޖު ކަނެކްޝަނަކުން ގުޅުވައިލުން ކަން ޓީވައިލިން އިން ކުރި ދިރާސާތަކުން ވަނީ ނިންމައިފައެވެ.
25 Mar 2026
އެމެރިކާގެ "ސެކިއުރިޓީ އަމްބްރެލާ" އަށް ރައީސް ނަޝީދު ފާޑުވިދާޅުވެއްޖެ
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާޅުވީ ބޭރުގެ ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް އޮތް އިތުބާރު ކުޑަވަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގަލްފުގެ ގައުމުތަކަށް ބޭނުންވާ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ނުކުޅެދިފައިވާ ކަމަށެވެ. މީގެ ސަބަބުން އެ ގައުމުތަކުން މިހާރު އިސްކަންދެނީ އަމިއްލަ ސަރަހައްދީ އިސްތިގުލާލު ދެމެހެއްޓުމަށް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
24 Mar 2026
އައްޑޫގެ ދުއްވަން ދަސްކޮށްދޭ ތަންތަނުގެ ދަތިކަން ހައްލުކޮށްދޭނަން: މުޝްރިފް
މުޝްރިފް ފާހަގަކުރެއްވި ގޮތުގައި ހިތަދޫން ބޭރުގައި ދިރިއުޅޭ ރައްޔިތުން ދުއްވަން ދަސްކުރުމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ދަތުރުތަކުގެ ސަބަބުން ތެލަށާއި ވަގުތަށް ބޮޑެތި ޚަރަދުތަކެއް ހިނގައެވެ. މީގެ ސަބަބުން ދުއްވަން ދަސްކޮށްދޭ ސްކޫލްތަކަށާއި ދަސްކުރާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ނުލިބި، ދަތި އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
24 Mar 2026
ހުޅުމާލޭގައި ވޭޕް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި
ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވައިކަމަށް މައުލޫމާތު ލިބެއެވެ.
24 Mar 2026
އެފްރިކާގެ އޭވިއޭޝަން ނެޓްވޯކުތަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ
މިނިސްޓަރު ސަޢީދު ވަނީ ކަނޑު މަގުންނާއި ވައިގެ މަގުން ލިންކް ތަކެއް އެޅެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކަނޑު މަގުންނާއި ވައިގެ މަގުން ލިންކްތައް އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ.
24 Mar 2026
އިސްރާއީލަށް އީރާނުން ދިން ހަމަލާތަކުގައި ތިން އިމާރާތެއް މުޅިން ސުންނާފަތިވެއްޖެ
އިސްރާއީލުގެ ދިފާއީ ބާރުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތައް އިސްރާއީލުގެ ވައިގެ ދަތުރުފަތުރާއި ސަލާމަތީ ނިޒާމު ފޫއަޅުވާލުމަށްފަހު ވަނީ ތެލް އަވީވްގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަރާފައެވެ. މީގެ ސަބަބުން ބޮޑެތި އިމާރާތްތަކެއް ބިންމާހަމަވެ، އެ ސަރަޙައްދުގެ އެހެން ބައެއް ބިނާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
24 Mar 2026
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝަކޫރު ނިޔާވެއްޖެ
ޢަބްދުއްޝަކޫރު ޢަބްދުﷲ ނިޔާވެފައިވަނީ ހެނދުނު 10:15 ގައި އިންޑިއާގެ ބެންގަލޫރުގައި ބޭސްފަރުވާ ހޯދަމުންދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
24 Mar 2026
އީރާނުގެ ހަނގުރާމަ: ފިލިޕީންސްގެ މަތިންދާބޯޓުތައް ގްރައުންޑް ކުރަންޖެހިދާނެ
ރައީސް މާކޯސް ވިދާޅުވީ، ތެލުގެ ސަޕްލައި މެދުކެނޑިއްޖެ ނަމަ ފިލިޕީންސްގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އޭގެ ސީދާ އަސަރު ކުރާނެ ކަމަށެވެ. އަދި ބޯޓުތައް އުދުހުން ހުއްޓާލަންޖެހުމަކީ 'ސާފުކޮށް ފެންނަން އޮތް ފުރުޞަތެއް' ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިއީ ހަމައެކަނި ފިލިޕީންސަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މުޅި ސަރަޙައްދުގެ އެއަރލައިންތަކަށް މިކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
24 Mar 2026
1447 ވަނަ އަހަރުގެ ޙައްޖު؛ ދިވެހި ޙައްޖާޖީންނަށް ބޮޑެތި ލުއިތަކެއް
ޙައްޖު ކޯޕަރޭޝަނުން ބުނާ ގޮތުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖާޖީން އެންމެ ގިނަ ވަގުތު ހޭދަކުރަންޖެހޭ މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، ޙައްޖާޖީންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މި އަހަރުގެ އިންތިޒާމުތައް މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާހާ ފުރިހަމަވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
24 Mar 2026
ތެލުގެ އަގު އުފުލި، ވިއެޓްނާމް އެއާލައިންސްގެ ބައެއް ދަތުރުތައް މެދުކަނޑާލަނީ
ވިއެޓްނާމްގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުމުގެ ދަށުން ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޑިމާންޑް ކުޑަ އަދި ހިންގުމުގެ ޚަރަދު ބޮޑު އެތެރޭގެ ބައެއް ރޫޓުތަކަށެވެ. މީގެ މަގުސަދަކީ މި ދަތި ދަނޑިވަޅުގައި ކުންފުނީގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި، މައިގަނޑު ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށް ވިއެޓްނާމްގެ ސަރުކާރުން ބުނެއެވެ.
23 Mar 2026
މާލެ ޓެކްސީ؛ ހޮޓްލައިން އަކީ 1655
އެމް.ޓީ.ސީ.ސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ 1655 އަކީ 'މާލެ ޓެކްސީ'ގެ ހޮޓްލައިން ކަމަށް ބުނެފައެވެ.
23 Mar 2026
މަޖިލީހުގެ މެމްބަރުންގެ ވަކި އިންސައްތައެއް، 30 އަހަރުން ދަށުގެ ޒުވާނުންނަށް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގައި މިހާރު ވަކި އަދަދެއް ޒުވާނުންނާއި އަންހުންނަށް ނޯންނަ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް އަންނެނުންނަށް ހާއްސަ ކުރައްވައި 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަ ކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅަން ގަސްތުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
23 Mar 2026
ތިން ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަނީ
ރައީސް ވިދާޅުވީ ސޮވްރިން ޑެވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި އުފައްދަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން މަސައްކަތް ފަށަން ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި މިވަގުތު ކުރަން ޖެހޭ ދިރާސާތައް ހަދަން ފަށައިފައިވާކަން ރައީސް ވިދާޅުވިއެވެ.
23 Mar 2026
ލިބިފައިވާ ބިން ސަރުކާރުގެ އިތުރުން އާއިލާއަށް ދޫކޮށްލެވޭ ގޮތަށް ބަދަލުކުރަނީ
ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ކުރިން ބިމެއް ލިބިފައިވާ ފަރާތްތަކަށް އާ ޝަރުތުތަކުގެ ދަށުން އާއިލީ މީހުންނަށް ބިން ދޫކޮށްލެވޭނެއެވެ. އެހެންކަމުން، މިހާރު ސަރުކާރުގެ ބިމެއް ލިބިފައި އޮތް ފަރާތްތައް ޖެހެނީ ސަރުކާރަށް ބިން ދޫކޮށްލާށެވެ.
22 Mar 2026
ޑިއޭގޯ ގާސިއާކަށް ހަމަލާ ނުދެން: އީރާން
22 Mar 2026
އިނގިރޭސިންގެ ނިއުކްލިއާ ސަބްމެރިން އަރަބި ކަނޑަށް
22 Mar 2026
އަވައްޓެރި ސްރީލަންކާގައި އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފި
22 Mar 2026
ތުރުކީގެ އިންސިރްލިކް ބޭސް މެދުވެރިކޮށް އިރާގުގައި ތިބި ސްޕެއިންގެ ސިފައިން ބޭރުކުރަން ފަށައިފި
ސްޕެއިންގެ ދިފާއީ ވަޒީރު މާގަރީޓާ ރޮބްލެސް ވިދާޅުވި ގޮތުގައި، އިރާގުން ސިފައިން ބޭރުކުރުމަށް ނިންމީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސިފައިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. މިގޮތުން ފުރަތަމަ ބުރުގައި ގާތްގަނޑަކަށް 100 އެއްހާ ސިފައިން މިހާރު ވަނީ ތުރުކީގެ އިންސިރްލިކް ބޭސްއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި ބާކީ ތިބި 200 އެއްހާ ސިފައިންވެސް އެ ބޭސްއަށް ބަދަލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
22 Mar 2026
ހަނގުރާމަ ހުއްޓާލައިފިނަމަ ހުރްމުޒް ގެ މައިންތައް ނައްތާލަން ޖަޕާނުން އެހީވަނީ
22 Mar 2026
އެމްޓީސީސީގެ 'މާލެ ޓެކްސީ ލައިން' އަށް ޑްރައިވަރުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވަނީ
މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ވޯކް-އިން އިންޓަވިއުތައް އޮންނާނީ މާދަމާ، 23 މާރިޗު 2026 ވާ ހޯމަ ދުވަހުއެވެ. އިންޓަވިއުތައް ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އިންޓަވިއުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނު ބަސް ޓާމިނަލްގައެވެ.
22 Mar 2026
މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުޅުވާލަނީ
މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 'ފޯމު ހުށަހެޅުން' ޕޯޓަލް މެދުވެރިކޮށްގެން
22 Mar 2026
ހުރްމުޒް ކަނޑުއޮޅި ހުޅުވަން އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި
21 Mar 2026
”ލޯންޗު ބަންޑުން ޖަހާލިއިރު ދުއްވަން އިނީ ސިންގާނިއާ، އޭނާ ހުރީ މަސްތުގެ ޙާލަތުގައި“
ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލުނު ހާދިސާ ހިނގިއިރު އެ ލޯންޗު ދުއްވަން އިނީ އިންޑިއާގެ މަހުޖަނު އަދި ރޭމަންޑް ގްރޫޕްގެ ވެރިޔާ ގޯތަމް ސިންގާނިއާ ކަމަށާ، އޭރު އޭނާ އިނީ މަސްތުގެ ޙާލަތުގައިކަން ހާމަވެއްޖެއެވެ.
21 Mar 2026
ދުނިޔޭގައި އުޅޭ ކޮންމެ މީހަކީވެސް ދިރިއުޅުން ތަފާތު ގޮތަކަށް ތަޖުރިބާކުރާނެ މީހެއް: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖްތަމަޢުގެ ތެރޭގައި ގިނަ ފަހަރަށް ބާކީވުމާއި އެކަހެރިކަމުގެ ހިތްދަތި އިޙްސާސްތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް، އެފަދަ ގޮންޖެހުންތަކާ އެކުވެސް އެފަރާތްތަކަކީ އިންތިހާއަށް ލޯތްބާއި، އޯގާތެރިކަމާއި، އަދި ކަންކަމުގައި ސާބިތުކަން ދައްކުވައިދޭ ނަމޫނާ ބައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
21 Mar 2026
ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އޯގާތެރިވުމަކީ ދީނީ އަދި އިންސާނީ ވާޖިބެއް: ރައީސް މުޢިއްޒު
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ފަރާތްތަކަށް އިޙްސާންތެރިވުމަކީ ބޮޑުވެގެންވާ ދަރުމައާއި އަޖުރު އެކަމުގައި އެކުލެވިގެންވާ ކަމެއް ކަމަށެވެ.
21 Mar 2026
އީރާނުގެ ތެލާއި ދެކޮޅަށް އަޅާފައިވާ ބައެއް ހަރުކަށި ފިޔަވަޅުތަކަށް ލުއިދީފި
މި ނިންމުމަކީ މި މަހުގެ 12 ވަނަ ދުވަހު ރަޝިއާގެ ތެލަށް ދިން ފަދަ ވަގުތީ ލުޔެކެވެ. ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ކަނޑުމަތީގައި ތާށިވެފައި ހުރި އީރާނުގެ 140 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރެވޭނެއެވެ. މީގެ ބޭނުމަކީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ލިބުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައި، އަގުތައް ތިރިކުރުމެވެ.
20 Mar 2026
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
ހާރިޖިއްޔާއިން ވަނީ ސައުދީ އަަރަބިއްޔާ، ޔޫ.އޭ.އީ، ޤަތަރު އަދި ކުވެއިތުގެ ވިޔަފާރި އަދި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައްވެސް ކުށްވެރިކޮށްފަ
20 Mar 2026
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢީދުގެ އުފާ ފޯރުކޮށްދިނުމަށް ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި
މި ހަރަކާތްތަކުގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންނަށް ވަނީ ޢީދު ހެދުމާއި ޢީދު ހަދިޔާ ހަވާލުކޮށްފައެވެ. މިއީ ޢީދުގެ އުފާވެރިކަން އެ ކުދިންނަށްވެސް އެންމެ ފުރިހަމަ ގޮތުގައި އިހުސާސްކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.