ސިއްހަތާ ބެހޭ ވަޒީރު ނާޒިމް.. ފޮޓޯ: މަޖިލިސް
ހަބަރު
13 Apr 2026 | 16:15
ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް, ތެލެސީމިއާއަށް ގިނަ ބަދަލުތަކެއް

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް، ތެލެސީމިއާ ހިދުމަތަށް ގިނަ ބަދަލުތަކެއް ގެންނަން މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.

މިނިސްޓްރީން މިގޮތަށް ހާމަކޮށްފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް މިނިސްޓަރ އޮފް ހެލްތު ނާޒިމް އަބްދުﷲ އާއި ކުރެއްވި ސުވާލަކަށް ޖަވާބުދެމުންނެވެ.

މެންބަރު މުހައްމަދު އިބްރާހިމް ވަނީ ލޭ ހޯދުމާއި ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ޒަމާނީ ހައްލެއް ނުގެނިވެގެން އުޅޭ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ، ލޭ އެޅުމުގެ ހިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށް ޓަކައި، ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތް ވާގޮތުގެ މަތިން ލޭ އެޅުމާއި އަދި ލޭ ހަދިޔާކުރުމުގެ ހިދުމަތް ދިނުމުގެ ކަންކަން ހަމަޖެއްސުން މުހިއްމު ވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ އެހީތެރިކަމާއެކު ނޭޝަނަލް ބްލަޑް ސްޓޭންޑަރޑް އެކުލަވާލާ ނިމިފައިވާ ކަމަށެވެ. އަދި މިހިނގާ މަހުގައި މި ހިދުމަތް ލޯންޗް ކުރެވިގެންދާނެކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަަތަކީ ކަމާގުޅޭ ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންނާ އަދި ދިވެހިރާއްޖޭގައި ތިއްބެވި ކަމާ ގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު 2 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެކެވެ.

އެގޮތުން، ހުރިހާ ޓްރާންސްފިއުޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ލޭގެ ހިދުމަތުގެ މުހިއްމު ތަފާސްހިސާބު ތައް ފެންނާނެހެން ޑީ.އެޗް.އައި.އެސް-2 ސޮފްޓްވެއަރގެ މޮޑިއުލެއް ހާއްސަ ގޮތްތަކަށް ފަރުމާކުރެވި، ކޮންމެ ރަށަކުންވެސް ނުވަތަ ޓްރާންސްފިއުޝަން ސެންޓަރަކުން މައުލޫމާތު އަޅާ ފަރާތްތަކަށް ތަމްރީން ދިނުމާއެކު، ލޭ ދޭ ފަރާތްތައް ގިންތިކުރެވި ތަފާސް ހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މެންބަރު އިބްރާހިމް މުހައްމަދު ކުރެއްވި ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން މިނިސްޓްރީން ވިދާޅުވީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ތެލެސީމިއާ ކުދިންގެ ގައުމީ ދަފްތަރުގައި ވަންގަވް މެދުވެރިކޮށް ރަޖިސްޓްރީ ވުމާއި އަދި ރަޖިސްޓްރީ ބެލެހެއްޓުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ ފެށިފައެވެ. 

އަދި ކުރިޔަށް ޕްލޭން ކުރެވިފައި ހުރި މުހިންމު ޕްރޮޖެކްޓުތަކުގެ ތެރޭައި ނުހަނު އިސްކަމެއް ދޭންޖެހިފައިވާ ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ މިވަގުތު ބަލަހައްޓަމުން އަންނަ މެނުއަލް ސިސްޓަމުން އޮންލައިން އިންފޮރމޭޝަން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޑޯނަރ ރަޖިސްޓްރީ އާއި، ޑޯނާރ ރެކްރޫޓްމަންޓް ޕޯރޓަލް ވެބްސައިޓާއެކު ހާއްސަ އެޕްލިކޭޝަނެއް މިހިނގާ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފެށުމަށް ވަނީ ކަނޑައެޅިފައެވެ.

މި ހިދުމަތްތައް ޒަމާނީ ކުރެވުމުގެ ނަތީޖާއަކަށް ވެގެންދާނީ، ޖަމިއްޔާ ޖަމާއްތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންގެ ތެރެއިން ލޭ ދޭ ފަރާތްތަކާއި، އެފަރާތްތަކުގެ ލޭގެ ގްރޫޕު ހިމެނޭގޮތަށް ރަޖިސްޓްރީ ވުމާއި، ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް އިންތިޒާމުކުރުމާއި އެކު ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް މެޕް ކުރެވިފައިވާ ގައުމީ ޑޭޓާ ބޭސްއެއް ވުޖޫދު ވުމުން ލޭ ހޯދުމުގައި ދިމާވަމުން އަންނަ ދަތިތަކަށް ވާންޖެހިފައިވާ ހައްލެއް އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ލިބިދިޔުންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ