ޔޫގަންޑާގެ އަސްކަރީ ވެރިޔާ އަދި އެ ގައުމުގެ ރައީސް ޔޮވެރީ މުސެވެނީގެ ދަރިކަލުން ޖެނެރަލް މުހޫޒީ ކައިނެރުގަބާ؛ ފޮޓޯ / ރަޑް އެފްރިކާ
ދުނިޔެ
12 Apr 2026 | 09:30
ޔޫގަންޑާގެ އަސްކަރީ ވެރިޔާ ތުރުކީއަށް އިންޒާރުދީ، ޚާރިޖީ ގުޅުން ކަނޑާލާނެ ކަމަށް ބުނެފި

ޔޫގަންޑާގެ އަސްކަރީ ވެރިޔާ އަދި އެ ގައުމުގެ ރައީސް ޔޮވެރީ މުސެވެނީގެ ދަރިކަލުން ޖެނެރަލް މުހޫޒީ ކައިނެރުގަބާ، ތުރުކީއާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ތުރުކީއާ އެކު އޮތް ހުރިހާ ސިޔާސީ ގުޅުމެއް ކަނޑާލާނެކަމަށެވެ.

މި އިންޒާރާ އެކު ޖެނެރަލް މުހޫޒީ ވަނީ ތުރުކީގެ ސަރުކާރުގެ ކިބައިން ބޮޑު އަދަދެއްގެ ފައިސާ ދެއްކުމަށް ޑިމާންޑް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާތައް ފެށުމަށްޓަކައި ވެސް ތުރުކީން މަދުވެގެން 1 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ތުރުކީގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ އެއާލައިންތައް ޔޫގަންޑާއަށް ދަތުރުކުރުން ވެސް ހުއްޓުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ތުރުކީއާ މެދު ނުރުހުން ފާޅުކުރައްވަމުން ޖެނެރަލް މުހޫޒީ ވަނީ ތުރުކީގެ އެންމެ ރީތި އަންހެނަކާ ކައިވެނި ކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފައެވެ. މިފަދަ ޒާތީ އަދި ޚާރިޖީ އުސޫލުތަކާ ނުގުޅޭ ވާހަކަތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ބައެއްގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ.

މުހޫޒީ ކުރި ޕޯސްޓް

މިއީ ޖެނެރަލް މުހޫޒީ މިފަދަ ހަރުކަށި އަދި މަސްރަހު ގޯސްވާ ފަދަ ވާހަކަތަކެއް ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީއާ ކައިވެނި ކުރުމަށްޓަކައި "ރަނުގެ" ގޮތުގައި 100 ގެރި ދޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އެކްސްގައި ޕޯސްޓް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.