ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް؛ ފޮޓޯ / ވޮއިސް
ހަބަރު
13 Apr 2026 | 11:58
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި ކަމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސީއެލް ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ، މިދިޔަ އަހަރު ފަހުކޮޅާއި އަޅާބަލާއިރު 6 އެއާރލައިންގެ އިތުރުވުމެކެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 35 އެއަރލައިންއެކެވެ. އެ ގޮތުން، މިހާރު ރާއްޖެއަށް ދަތުރުކުރަމުންދާ 41 އެއަރލައިންތަކުގެ ތެރެއިން، 16 އެއަރލައިނަކީ އޭޝިއާގެ އެއަރލައިންތަކެވެ. މީގެ އިތުރުން، ޔޫރަޕުގެ 13 އެއަރލައިނަކާއި މެދުއިރުމަތީގެ 6 އެއަރލައިނެއްވެސް މި 41 އެއަރލައިންތަކުގެ ތެރޭގައި ހިމެނެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީން އެންމެ ފަހަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އަމީން ވިދާޅުވީ ރާއްޖެއަށް އަންނަ ޖެޓްތަކުގެ އަދަދު ވެސް ފާހަގަކޮށްލެވޭ ވަރަށް އިތުރުވަމުން ދާ ކަމަށެވެ.

މިނިސްޓަރ އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާރިޗު މަހަށް އެކަނި ބަލާލިޔަސް ގާތްގަނޑަކަށް %125 އިން %130 އަށް ޖެޓް ހޭންޑްލިންގެ އަދަދު އިތުރުކުރެވުނެވެ. މާރިޗު މަހު 80 ޖެޓު ރާއްޖެ އާއިރު، މިހާރު އެ އަދަދު 190 އަށް އަރާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވައިގެ ދަތުރުފަތުރު ހަމައެކަނި މެދުއިރުމަތީ ފްލައިޓްތަކަށް ބަރޯސާވެ އޮތް އޮތުން ބަދަލުކޮށް، ތަފާތު ސަރަޙައްދުތަކުން ދަތުރުތައް ގެނައުމަށް ސަރުކާރުން ހަރަކާތްތެރިވަމުން ދެއެވެ. އެ މަސައްކަތުގެ ތެރެއިން އެއަރ އިންޑިއާ، އެއަރ އޭޝިއާ، އެޑެލްވިސް އަދި ޓާކިޝް އެއަރލައިންގެ ދަތުރުތައް ވެސް އިތުރުކުރެވިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް ހަފުތާތަކު ތެރޭގައި އެފްރިކާގެ އިތިއޯޕިއާ އެއަރލައިންސް އިން ރާއްޖެއަށް ދަތުރުތަށް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ހަނގުރާމައިގެ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
08 Sep 2026
ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 322 އަށް އަރައިފި
މި ވަގުތާ ހަމައަށް ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޖުމްލަ ޢަދަދު 322 އަށް އަރައިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ޢަދަދު 500 އަށް އެރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.