ޗާގޯސް؛ ފޮޓޯ / ސްކައި ނިއުސް
ދުނިޔެ
11 Apr 2026 | 14:16
ޓްރަމްޕްގެ ދެކޮޅުވެރިކަމާ ގުޅިގެން ޗާގޯސް ހަވާލުކުރުން އިނގިރޭސިވިލާތުން މަޑުޖައްސާލައިފި

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައި އޮތް އޮތުން، މަޑުޖައްސާލައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރަށްތައް ހަވާލުކުރުމަށްޓަކައި ޕާލަމެންޓަށް ހުށަހަޅަންޖެހޭ ގާނޫނީ ބިލު މިހާރު ވަނީ ތާވަލުން ބޭރުކޮށްފައެވެ. މީގެ މަިއގަނޑު ސަބަބަކީ މިކަމަށް އެމެރިކާގެ ރައީސް ޑޮނާލްށް ޓްރަމްޕް ނުރުހުން ފާޅުކުރެއްވުމެވެ.

މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތުން އެއްބަސްވީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ބޭނުންކުރާ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އޮންނަ ރަށް، 99 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ބާރު އިނގިރޭސިވިލާތަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ކަނޑައަޅާފައިވެއެވެ. މި މަރުކަޒަކީ ދިފާއީ ގޮތުން އެމެރިކާއަށް ވަރަށް މުހިންމު ތަނެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޖެނުއަރީ މަހު ވަނީ މި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް މި އެއްބަސްވުން ސިފަކުރެއްވީ އިނގިރޭސިވިލާތުން ހެދި "ބޮޑު ގޯހެއް" ނުވަތަ "މޮޔަ ކަމެއް" ގެ ގޮތުގައެވެ. "ޓްރުތް ސޯޝަލް" ގައި ޓްރަމްޕް ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާގެ ސަރުކާރުން މިހާރު ގަބޫލުކުރަނީ އެމެރިކާގެ ތާއީދާ ނުލައި މިކަމުގައި ކުރިއަށް ދެވެން ނެތް ކަމަށެވެ.

1960 ގެ އަހަރުތަކުގައި މޮރިޝަސްއަށް މިނިވަންކަން ދިންއިރުވެސް އިނގިރޭސިވިލާތުން ޗާގޯސްގެ ބާރު ދޫކޮށްލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ރަށްތަކުގައި ދިރިއުޅުނު އެތައް ހާސް ބަޔަކު ވަނީ އެތަނުން ބޭރުކޮށްފައެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން 2019 ވަނަ އަހަރު ލަފާދީފައިވަނީ ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ރަށްތައް ހަވާލުކުރުމަށެވެ.

މި އެއްބަސްވުން މަޑުޖެހުމާ ގުޅިގެން، އަހަރަކު 90 މިލިއަން ޕައުންޑް (111 މިލިއަން ޑޮލަރު) ކުލީގެ ގޮތުގައި މޮރިޝަސްއަށް ދޭންޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް މިހާރު ވަނީ ހުއްޓުމެއް އައިސްފައެވެ. އިނގިރޭސި ސަރުކާރުން ބުނަމުންދަނީ ބައިނަލްއަގުވާމީ ގާނޫނީ ނިންމުންތަކުގެ ސަބަބުން ޗާގޯސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށާއި، އަސްކަރީ މަރުކަޒުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމައެކަނި އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ.

ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމުމުން ދިވެހި ސަރުކާރުންވެސް ވަނީ އެ ނިންމުން ބަލައި ނުގަނެވޭކަމަށް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ. ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ބުނަމުންދަނީ ޗާގޯސްއަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަން ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ. އެގޮތުން މި ހައްގު ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މައްސަލާގައި އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރު ސްޓީފަން ޑޯޓީ މިދިޔަ ފެބުރުއަރީމަހު ވިދާޅުވެފައިވަނީ، ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި ބްރިޓަން އާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށާއި، އޭގެ ތެރެއަށް ރާއްޖެ ވަންނަން ނުޖެހޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ