ފައްޔާޒް އިސްމާއިލް؛ ފޮޓޯ / ވޮއިސް
ހަބަރު
13 Apr 2026 | 15:01
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވަމުންދާތީ ފައްޔާޒްގެ ކަންބޮޑުވުން ފާޅުކޮށްފި

ނިމިގެންދިޔަ އިންތިހާބުގައި ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވާ މައްސަލާގައި އެމްޑީޕީ ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ،  ކައުންސިލް އިންތިހާބުގައި މާލޭގެ ދާއިރާތަކަށް ބެހެއްޓި ވޯޓު ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ލަސްވަމުންދާ ދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މާލޭގެ ދާއިރާތަކުގެ ނަތީޖާ އާންމުކުރުމުގައި މިހާރު ހުރި ލަސްތަކަށް އޭނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ފައްޔާޒު ކުރެއްވި ޕޯސްޓް

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުން ލަސްވާކަން ފާހަގަކުރަމުން ފައްޔާޒު ވަނީ އިލެކްޝަންސް ކޮމިޝަަނުން ވީހާވެސް އަވަހަށް ވޯޓު ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ގޮވާލައްވާފައެވެ.

ނަތީޖާ އިއުލާންކުރުން ލަސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރަނގަޅު ކަންތައްތަކަށްވެސް ފައްޔާޒު ވަނީ އިޝާރާތް ކުރައްވާފައެވެ. އެގޮތުން ނަތީޖާ އިއުލާން ކުރުން ލަސްނުކޮށް ނަތީޖާއަށް ނުފޫޒު ފޯރުމަށް ފުރުސަތު ނުދިނުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި ސިޓީތަކުގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރިއިރު އެޕާޓީން ވަނީ ކައުންސިލްތަކުގެވެސް ގިނަ ގޮނޑިތަކެއް ނަގާފައެވެ. މީގެ އިތުރުން ރިފަރަންޑަމް ވޯޓުގެ ނަތީޖާވެސް ނިކުމެފައިވަނީ އެމްޑީޕީން ވަކާލާތުކުރި ކޮޅަށެވެ. ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް އެމްޑީޕީން އެކަމަށް ވަނީ ނޫނެކޭ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ގްލޯބަލް ދުކާނުން ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް ގްލޯބަލް ދުކާންއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ދިވެހީންނަށް އިންޑިއާއިން ވިޔަފާރިކުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ހުޅުމާލޭގައި ނަފުސާނީ ބަލީގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަސް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.