ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ރީތިގަސް ކޮމާޝަލް ސަރަހައްދުން ވެލްނަސް ސެންޓަރަކާއި ބުކްޝޮޕެއް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.
އެޗްޑީސީން ބުނީ މީގެ ތެރެއިްނ ވެލްނެސް ސެންޓަރު ހިންގުމަށް ކަނޑައެޅިފައިވާ ޔުނިޓަކީ ޖުމްލަ 1،931.07 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ހިމެނޭ ތަނެކެވެ. އެޗްޑީސީން ކުރި އިއުލާނުގައި ވާގޮތުން މި މަސައްކަތްތަކަސް ކުރިމަތިލާ ފަރާތްތަކަކީ މިފަދަ ޚިދުމަތެއް ދިނުމުގެ ގާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ބާއްވާ ޕްރީ-ޕްރޮޕޯސަލް މީޓިންގ ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ޒޫމް މެދުވެރިކޮށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 7 ވަނަ ދުވަހުއެވެ.
އެޗްޑީސީން ބުކްޝޮޕް ހިންގުމަށް ކުއްޔަށް ދޫކުކުރުމާ ގުޅޭގޮތުން ބާއްވާ ޕްރީ-ޕްރޮޕޯސަލް މީޓިންގ ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ މެއިމަހުގެ 5 ވަނަ ދުވަހުއެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ އެޗްޑީސީ ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ. ކޮންމެ ޕްރޮޕޯސަލަކާއެކު ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.
މި މަސައްކަތާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ލިޔެކިޔުންތައް އެޗްޑީސީގެ ރަސްމީ ވެބްސައިޓުންނާއި މައިހުޅުމާލެ ޕްރޮޕަޓީޒް ވެބްސައިޓުން ހިލޭ ޑައުންލޯޑް ކުރެވޭނޭކަމަށް އެޗްޑީސީން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists