އިސްރާއީލްގެ ނިރުބަވެރި ވަޒީރު
ދުނިޔެ
03 Aug 2026 | 08:33
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް؛ އިސްރާއީލް ވަޒީރު ބުނީ "ޖޯކެއް“ ކަަމަށް

ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ކޯޓުން މި އަމުރު ނެރުނީ، ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެ ޖަމާއަތުން ބުނެފައިވަނީ، އިސްރާއީލުގެ އެންވަޔަރަންމަންޓް މިނިސްޓަރު އިދިތު ސިލްމަން، ގާނޫނީ ލަފަޔާއި ތަޖުރިބާކާރުންގެ އިރުޝާދާ ޚިލާފަށް، ކިނބުލަކީ ހިމާޔަތްކުރެވިފައިވާ އެއްޗެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނިރުބަވެރި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ މިނިސްޓަރު ބެން ގްވީރުގެ ރޭވުމަކީ، ޖަލުގެ ވަށައިގެން ކޯރު ހަދައި، އެ ތަނަށް ކިނބޫ ދޫކޮށްލުމެވެ. މިއީ ޖަލުން ފިލަން މަސައްކަތްކުރާ ފަލަސްތީނު މީހުންނަށް ބިރުދެއްކުމަށާއި، އެމީހުންގެ ފުރާނައަށް ނުރައްކާ ކުރުމަށް ރާވާފައިވާ ރޭވުމެކެވެ. މި މަޝްރޫއަށް ނިރުބަވެރި އިސްރާއީލުގެ ސަރުކާރުން 21 މިލިއަން ޝެކެލް (7 މިލިއަން ޑޮލަރު) ބަޖެޓުކޮށްފައިވާއިރު، މިހާރުވެސް ޖަލު ވަށައިގެން ކޯރު ކޮނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޯޓުގެ ގާޒީ އަބްރަހަމް ރޫބިން ނެރުނު އަމުރުގައި ބުނެފައިވަނީ، މިކަމުގެ ސަބަބުން ކިނބޫތަކަށް ލިބިދާނެ ގެއްލުމަކަށް ބަލައި، ކޯޓުން ވަކި ގޮތެއް ނިންމަންދެން އެއްވެސް ކިނބުލެއް ޖަލަށް ބަދަލުކޮށްގެން ނުވާނެ ކަމަށެވެ. އަދި މި މައްސަލައިގައި ޖަވާބުދާރީވުމަށް ބެން ގްވީރަށާއި ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.

އިސްރާއީލުގެ ނޭޗަރ އެންޑް ޕާކްސް އޮތޯރިޓީން ބުނެފައިވަނީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖަލުތަކުގައި ކިނބޫ ގެންގުޅޭ ކަމުގެ އެއްވެސް އިލްމީ ނުވަތަ ފަންނީ ހެއްކެއް ނެތް ކަމަށެވެ. އަދި މިއީ ޖަލުގެ މުވައްޒަފުންނަށާއި، އަސީރުންނަށް އަދި ތިމާވެއްޓަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ބެން ގްވީރުގެ އޮފީހުން ބުނެފައިވަނީ، މިއީ "ޖޯކެއް" ކަމަށް ހީކުރި މީހުންނަށް މިހާރު އެކަން އޮޅުންފިލާނެ ކަމަށާއި، ޖަލުތަކުގެ ވަށައިގެން ކޯރު ކޮނުމުގެ އަމަލީ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. މި ރޭވުމަކީ އެމެރިކާގެ ފްލޮރިޑާގައި ހިޖުރަވެރިން ބޭތިއްބުމަށް ހަދާފައިވާ "އެލިގޭޓަރ އަލްކަޓްރާޒް" ކިޔާ މަރުކަޒަކުން ނަމޫނާ ނަގައިގެން ކުރާ ކަމެއް ކަމަށް ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.