ލިވަޕޫލާ ލީޑްސް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ލީޑްސް
ކުޅިވަރު
03 Aug 2026 | 07:32
އާ ސީޒަނަށް ތައްޔާރުވުން؛ ލިވަޕޫލް އަތުން ލީޑްސްއަށް މޮޅެއް

ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލާ ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ލީޑްސް ކާމިޔާބުކޮށްފިއެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. ދެ ލަނޑުގެ ލީޑެއްގައި ލިވަޕޫލް އޮއްވައި މިމެޗް ލީޑްސް ކާމިޔާބުކުރީ ފަހަތުން އަރައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ލޫކް ޗެމްބާސް އާއި އަނިޔާއިން ސަލާމަތްވެ އެނބުރި އައި މިމެޗްގައި އޭނާގެ ކުޅުން ވަރަށްބޮޑަށް ފާހަގަވިއެވެ. މެޗްގައި ލިވަޕޫލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވީޓްޒް އެވެ.

މިމެޗްގެ އޮއިވަރު ބަދަލުވެގެން ގޮސްފައިވަނީ ދެވަނަ ހާފްގައި ލީޑްސް ޔުނައިޓެޑްގެ ޑޮމިނިކް ކަލްވަޓް-ލެވިން އާއި ހެރީ ވިލްސަން ކުޅެން އެރުވި ހިސާބުންނެވެ. އެގޮތުން ދެވަނަ ހާފުގެ އެންމެ 13 މިނެޓު ތެރޭގައި ލީޑްސްއިން ތިން ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދިއިރު

ލީޑްސްގެ ފުރަތަމަ ލަނޑު، ޖަހާފައިވަނީ މިލޯސް ކާކޭޒްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރެންޑަން އާރޮންސަން އެވެ. ލީޑްސްއަށް މެޗް އެއްވަރުކޮށްދިނީ ކަލްވަޓް-ލެވިން އެވެ. ކަލްވަޓް ލަނޑެއް ޖެހިތާ ދެމިނެޓް ފަހުން ޝޯން ލޯންގްސްޓާފް ޖެހި ލަނޑާއެކު ލީޑްސްއިން ވަނީ ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ކަލްވަޓް-ލެވިން ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އާ ސީޒަން ފެށުމަށް ތިން ހަފުތާއަށް ވެފައިވާއިރު، ދެން އޮންނާނީ ޕްރި ސީޒަންގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.