އަމީނީ މަގު
ހަބަރު
02 Aug 2026 | 18:56
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު

ވަރަށް ބޮޑަށް ހަލާކުވެފައިވާ އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ފެށުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އަމީނީމަގަކީ މިދިޔަ ސަރުކާރުގައި އާރުޑީސީން ތާރުއަޅައި ނިންމާފައި އޮތް މަގެކެވެ. ނަމަވެސް މާގިނަދުވަހެއްނުވެ އެ މަގުގެ ބައެއް ސަރަހައްދު ވަނީ ވަރަށްބޮޑަށް ހަލާކުވެ އަޑިގުޑަން ހެދިފައެވެ. ހާއްސަކޮށް މާފަންނު ސްޓޭޑިއަމުން ފެށިގެން މަގުގެ ހުޅަނގަށް އޮންނަ ބައި ވަނީ އުޅަނދުފަހަރު ދުއްވަން އުނދަގޫވާވަރަށް ހަލާކުވެފައެވެ.

އެމްޓީސީސީން މިއަދު ބުނީ އަމީނީ މަހުގެ ސެގްމަންޓް އެކެއް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ 00:00 ގައި ފަށާނެ ކަމަށެވެ. އެހެން ކަމުން އަމީނީ މަގުގެ އިއްޒުއްދީން މަގާ ދިމާވާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.

މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.

މަގުން ބައެއް ބަންދުކުރުމާއި ގުޅިގެން އެ ކުންފުނިން ދެމުންދާ އާރުޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ އޯކިޑް ރޫޓްގެ ދަތުރުތައް ދަރުމަވަންތަ ބަސް ހުއްޓިއަށް މަޑުކުރުމުގެ ބަދަލުގައި ދެން މަޑުކުރާނީ ވެސްޓްޕާކު ބަސް ހުއްޓިއަށް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި ބަދަލާއި ގުޅިގެން އަމީނީ މަގު ސެގްމަންޓް އެކެއްްގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޔިއަށް ދެން އެ ރޫޓްގެ ބަހެއް މަޑެއް ނުކުރާނެ އެވެ. އަދި އަމީނީ މަގުގެ މި ސެގްމަންޓްގެ މަސައްކަތް ނިމެންދެން އަމީނީ ރޫޓްގެ ބަހުގެ ޚިދުމަތް ވެސް މެދުކެނޑޭނެ އެވެ.

މީގެ އިތުރުން R7, R3, R1 އަދި R15 ރޫޓުތަކުން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މާލޭގައި ދެން މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ. މި ބަދަލާއި ގުޅިގެން އަމީނީ މަގު ސެގްމަންޓް އެކެއްގެ މަސައްކަތް ނިމެންދެން މި ރޫޓްތަކުން ފުޑް ކޯޓު, ދަރުމަވަންތަ އަދި ވެސްޓް ޕާކު ބަސް ހުއްޓިއަށް މަޑު ނުކުރާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ