ނިއުރޭޑިއަންޓާ މާޒިޔާ ބައްދަލުކުރިމެޗެއްގެ ތެރެއިން... ފޮޓޯ: ނިއުރޭޑިއަންޓް
ކުޅިވަރު
03 Aug 2026 | 08:01
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް

ގިނަ އަހަރުތަކަކަށްފަހު ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ބުރު ސްޕޯޓްސް އާ ދެކޮޅަށް ނިކުންނާނެއެވެ.

ގިނަ އަހަރުތަކަކަށްފަހު ކަޕްވިނާސް ކަޕްގެ ބައްވާއިރު، މި މުބާރާތް މި ބޭއްވިގެންދަނީ 18 އަހަރުގެ މެދުކެނޑުމަކަށްފަހުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތް އެންމެފަހުން ބައްވާފައިވަނީ، 2008 ވަނަ އަހަރެވެ. ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ.

މު ބާރާތް ކުރިއަށާްދާނީ ލީގް އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލުގައު ކުޅޭ ގޮތަށެވެ. ކަޕް ވިނާސްކަޕްގެ ފުރަތަމަ މެޗް މިއަދު ހަވީރު ކުޅުމަށް ތާވަލްކޮށްފައިވާއިރު، ދެވަނަ މެޗް އޮންނާނީ މިރޭ 21:00 ގައެވެ. މި މެޗްގައި ބައްދަލުކުރާނީ މާޒިޔާ އަދި އޮޑި އެވެ. ހަވީރު ނިއު އާއި މާޒިޔާ ބައްދަލުކުރާ މެޗް ފަށާނީ ހަވީރު 16:00 ގައެވެ.

ކަޕްވިނާސްކަޕް ތާވަލް

އައު ސީޒަން ފެށުމުގެ ގޮތުން މާޒިޔާ އަދި ނިއުރެޑިއަންޓް ވަނީ މި ސީޒަނުގެ ފުރަތަމަ މެޗް ކުޅެފައެވެ. ޕެނަލްޓީ ޖަހައިގެން ކޮމިޔުނިޓީ ޝީލްޑް ކާމިޔާބުކުރީ މާޒިއާ އެވެ. މިފަހަރުގެ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ތީމަކީ ނިއުރޭޑިއަންޓެވެ. މި ސީޒަނަށް ޓީމް ވަރުގަދަކުރުމުގެ ގޮތުން ނިއުއިން ވަނީ ބްރެޒިލް އަދި ޗައިނާގެ ބައެއް ކްލަބްތަކަށް ކުޅެފައިވާ ތަޖްރިބާކާރު ފޯވާޑް ޑޮރިއެލްޓަން ގޯމެޒް އެޓީމަށް ގެނެސްފައެވެ.

ކަޕްވިނާސްކަޕް މިއަދު ފަށާއިރު، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ކްލަބް ވެލެންސިއާ އަދި މުބާރާތުން އާއްމުކޮށް ފެންނަ ވިކްޓްރީ ފަދަ ކްލަބްތައް ނުފެނުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.