އެފްޑީސީން މިއަދު މަސައްކަތް ކުރިއަށްދާ ގޮތް ބަލާލަނީ؛ ފޮޓޯ / އެފްޑީސީ
ހަބަރު
16 Apr 2026 | 15:10
ހުޅުމާލެގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ހަދާ ހަބް ޖުލައި މަހު ހުޅުވަނީ

ހުޅުމާލެގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ހަދާ "އެމްޕަވަމަންޓް ހަބް" ގެ މަސައްކަތްތައް ނިންމައި ޖުލައި މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ބުނެފިއެވެ.

މި ހަބް ހަދަން ނިންމާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ފްލެޓްތަކުގެ 7 ވަނަ ޓަވަރުގެ 1 ވަނަ ފަންގިފިލާގައެވެ.

މި އެމްޕަވަމަންޓް ހަބްގެ މައިގަނޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ އަދި ހުނަރުތައް އެމީހުންނަށް އުނގަންނައިދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްގެން ހޮސްޕިޓާލިޓީ، އައިޓީ، ރީޓެއިލް، ކަލިނަރީ އަދި އަތްތެރި މަސައްކަތުގެ ދާއިރާއިން ތަމްރީނުކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމްތަކެއް މި ހަބްގައި ކުރިއަށް ގެންދާނެއެވެ.

އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށްޓަކައި ހާއްސަ ޖާގައަކާއި، އެ ތަކެތި ވިއްކުމަށްޓަކައި ފިހާރައެއްވެސް މި ހަބްގައި ގާއިމުކުރެވިފައިވާނެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ޖަމިއްޔާތަކަށް އެކިއެކި ހަރަކާތްތަކާއި ބައްދަލުވުންތައް ބޭއްވުމަށް މި ހަބްގައި ޖާގައެއް ކަނޑައެޅިފައިވާނެއެވެ.

ސަރުކާރުން ހަދަން ނިންމާފައިވާ މި ހަބް ހަދާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަކަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ހަރަދު ކުރާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުންނާއި، އިޖުތިމާއީ ތަރައްގީއާއި ބެހޭ ވުޒާރާއާއި އެފްޑީސީ ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.