ތެޔޮ އުފުލާ ބޯޓުތައް؛ ފޮޓޯ / ޓައިމްސް ނައު
ދުނިޔެ
15 Apr 2026 | 19:17
އެމެރިކާގެ ހުރަސްތަކާއެކުވެސް އީރާނުގެ ސުޕަޓޭންކަރެއް ހޯރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި

އެމެރިކާގެ ހުރަސްތަކާއެކުވެސް އީރާނުގެ ސުޕަޓޭންކަރެއް ހޯރްމުޒް ކަނޑުއޮޅި ހުރަސްކޮށްފިއެވެ.

އީރނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މި އުޅަނދަކީ، "ވެރީ ލާޖް ކްރޫޑް ކެރިއަރ" ގިންތީގެ ވަރަށް ބޮޑު ސުޕަޓޭންކަރެކެވެ. މިފަދަ އުޅަނދު ފަހަރަށް އެއްފަހަރާ ގިނަ އަދަދެއްގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައި ވެއެވެ.

މި ސުޕަޓޭންކަރާ ބެހޭގޮތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ދެ މިލިއަން ފީފާގެ ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ނަމަވެސް، މި އުޅަނދު ދަތުރުކުރަމުންދަނީ ތެޔޮ ބަރުކޮށްގެން ކަމެއް ނުވަތަ ހުސްކޮށް ކަމެއް އަދި ސާފެއް ނުވެއެވެ.

އީރާނުގެ މި އުޅަނދަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އޭގެ ދަތުރުތަކަށް ހުރަސްތައް ކުރިމަތިކޮށްފައެވެ. އެހެންނަމަވެސް، އެމެރިކާގެ މި ހުރަސްތަކަށް ބެލުމެއްނެތި އުޅަނދު ވަނީ، މުހިންމު ކަނޑުގެ ސަރަހައްދެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި ކާމިޔާބުކަމާއެކު ހުރަސްކޮށްފައެވެ.

މި އުޅަނދު މިހާރު ދަތުރުކުރަމުންދަނީ އީރާނުގެ އިމާމް ޚުމައިނީ ބަނދަރާ ދިމާލަށެވެ. އީރާނުގެ ނޫސްތަކުން މިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އުޅަނދުގައި ހުރި މުދަލާ ބެހޭ އިތުރު ތަފްސީލެއް އަދި ނޭނގެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.