ލޯކަލް ގަވަރމަންޓް އޮތޯރިޓީ؛ ފޮޓޯ / އެލްޖީއޭ
ހަބަރު
16 Apr 2026 | 16:04
ސިޓީތަކާއި ބެހޭ ވުޒާރާ އުވާލުމަކުން ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް ނުދެކެން: އެލްޖީއޭ

ސިޓީތަކާއި ބެހޭ ވުޒާރާ އުވާލުމަކުން ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް ނުދެކޭކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލްޖީއޭ ) އިން ބުނެފިއެވެ.

އެލްޖީއޭއިން މިހެން ބުނެފައިވަނީ، އަތޮޅު ކައުންސިލުތަކާއި އަދި ސިޓީތަކާއި ބެހޭ ވުޒާރާގެ އިތުރުން ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް އަންނާނެކަމަށް މީސް މީޑިއާގައި ދައްކަވަމުންދާ ވާހަކަތަކައް ރައްދު ދިނުމުގެ ގޮތުން، މިއަދު ނެރުނު ރަސްމީ ބަޔާނެއްގައެވެ.

އެލްޖީއޭއިން ބުނި ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެކަމަށް  ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.

އެލްޖީއޭއިން ފާހަގަކުރެއްވި ގޮތުގައި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުން ފޯރުކޮށް ދޭންޖޭހެނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައި އެންމެހާ ހިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ މައްޗަށް ލާޒިމުކަމެކެވެ.

އެގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަށް ގެނެވުނު 17 ވަނަ އިސްލާހުގައި އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވަނީ އެލްޖީއޭއަށް ކަން އެ އިދާރާއިން ވަނީ ބަޔާންކޮށްފައެވެ. އަދި އަތޮޅު ކައުންސިލުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް ބަދަލުވެގެން ދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވަނީ އެލްޖީއޭއަށް ކަން އެ އިދާރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލާ އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތަކެއް ގާއިމް ކުރުމުގެ އިހްތިޔާރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި ސާފުކޮށް ބަޔާންކޮށްފައިވާނެކަން ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ބަޔާން ނިންމާލުމުން އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލުތައް އުވާލާ އަތޮޅު ކައުންސިލުތަކުން އަދާކުރަމުންދިޔަ ގާނޫނީ މަސްއޫލިއްޔަތު އެލްޖީއޭއަށް ބަދަލުވާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވުމާއި އަދި އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތަކެއް ގާއިމްކުރުމުގެ އިހްތިޔާރު ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލުމަކުން ގާނޫނުއަސާސީގައި އަދި ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް، ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަކަށް އެ އިދާރާއިން ނުދެކޭ ކަމަށެވެ.

މި ބަދަލު ގެނެސްފައިވަނީ މީގެ 1 ދުވަސް ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ކެބިނެޓައް ގެނައި ބޮޑު ބަދަލަކާއެކުއެވެ. އެގޮތުން، ބައެއް މިނިސްޓްރީތައް މުޅިން އުވާލާފައިވާއިރު ބައެއް މިނިސްޓްރީތައް ވަނީ އެއްކޮށްލާފައެވެ. އަދި ކެބިނެޓުގެ 10 މިނިސްޓަރަކު ރައްޔިތުންގެ ވިންދާއެކު ސަރުކާރު ހިންގެވުމަށް ރައީސް ގެންނަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކައް ފުރުސަތު ދިނުމުގެ ގޮތުން އިސްތިއުފާ ދިނުމުން، ރައީސް ވަނީ އަލަށް 4 މިނިސްޓަރަކު އައްޔަނުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.