ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ މައްސަލަ ހުށަހެޚުެއްވު މެންބަރު: ފޮޓޯ / މަޖިލިސް
ހަބަރު
12 Apr 2026 | 10:32
ދިގުރަށު އަލިފާނުގެ ހާދިސާގެ ތަހުގީގު ހިނގާގޮތް ބަލަން މަޖިލީހަށް ހުށަހަޅައިފި

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް މަހެއްހާ ދުވަސް ވެފައިވާއިރު، އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ މިންވަރު ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެއެވެ.

މިކަމަށް އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ހިނގި މި ހާދިސާގައި އަށް މީހަކު ފިހިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާ ދޭން މާލެ ގެނައެވެ. އަދި ތިންވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މެންބަރު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ" މެދުވެރިކޮށް މިކަމުގެ ތަފްސީލީ މައުލޫމާތު ސާފުކުރުމަށެވެ.

މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި ބިދޭސީން ދިރިއުޅުނު ތަނުގެ ގާނޫނީ ހާލަތާ ގުޅޭ ގިނަ ކަންތައްތަކެއް ސާފުކުރަން ވަނީ އެދިފައެވެ. އޭގެ ތެރޭގައި އެއީ ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނާ އެއްގޮތަށް ދީފައިވާ ތަނެއްތޯ އާއި، "އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން" ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްތޯ ބެލުން ހިމެނެއެވެ. އަދި ނިޔާވި މީހުންގެ ވޯކްޕާމިޓްގެ ސައްހަކަމާއި، އެމީހުން މަސައްކަތްކުރި ފަރާތްތަކުން އެކޮމޮޑޭޝަންގެ މިންގަނޑުތަކަށް ސަމާލުކަން ދީފައިވޭތޯ ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން މިފަދަ ތަންތަން ބެލުމުގައި ގެންގުޅޭ އުސޫލުތަކާއި، ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ފަދަ ތަންތަން ފާހަގަކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމަށްވެސް ސިޓީގައި އެދިފައިވެއެވެ. އަދި ފުލުހުންގެ ތަހުގީގުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައިވޭތޯ އާއި، އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްނަމަ އެޅި ފިޔަވަޅުތައް ސާފުކުރުމަކީވެސް މެންބަރު ބޭނުންފުޅުވާ މައުލޫމާތެކެވެ. ރަށު ކައުންސިލުން އެ އިމާރާތުގައި މީހުން އުޅުމުގެ ހުއްދަ ދީފައިވާ ގޮތާއި، އެއީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ކުރިން ފާހަގަވެފައިވޭތޯ ބެލުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ގާތްގަނޑަކަށް 30 އެއްހާ ބިދޭސީން އުޅުނު އެ އިމާރާތުގައި އަލިފާން ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް، މިހާތަނަށް ސަރުކާރުގެ ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރަށުން ވާހަކަދެއްކި މީހުން ބުނާ ގޮތުގައި ހާދިސާ ހިނގީ ދަންވަރު ދެ މީހަކު ކައްކަން އުޅެނިކޮށެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލް ނުވެގެން މީހުން ސަލާމަތް ކުރަން ޖެހުނީ ގޭގެ ފަހަތު ފާރު ތަޅާލައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.