އާސިފް... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
13 Apr 2026 | 16:43
ރިޔާސީ އިންތިޚާބުގެ ތެރެއިން ރައީސް ސާލިހު ދެއްވި މައާފާއެކު އާސިފް މިނިވަންވިކަން ހާމަވެއްޖެ

މީހަކު މަރާލަން ހަމަލާދިން ކަމުގެ ކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އިސްމާއިލް އާސިފް މިނިވަންވެފައިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އޭނާއަށް މައާފްދެއްވުމުންކަން ހާމަވެއްޖެއެވެ.

އާސިފްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުންނެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު އއ. މާޅޮހު ކައިރީގައި އޮތް 'ޖަރީ' ނަމަކަށް ކިޔާ ދޯންޏެއްގެ ތެރޭގައި ހިނގި ދީނީ ދެބަސްވުމަކާ ގުޅިގެން، އިސްމާއިލް ހައްމާދު ނަމަކަށް ކިޔާ މީހަކު މަރާލަން އާސިފް ހަމަލާދިން މައްސަލައެކެވެ. އެ ހާދިސާގައި އާސިފް ވަނީ ހައްމާދުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ދިނުމަށްފަހު އޭނާ މޫދަށް އެއްލާލާފައެވެ.

މިހާތަނަށް ވޮއިސްއަށް މައުލުމާތު ލިބުނު ގޮތުގައި އާސިފަށް ރައީސް ސާލިހު ލުއި ދެއްވާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. އެއީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމާ ދާދި ގާތްވެފައި ވަނިކޮށެވެ. ރައީސްގެ އެ ނިންމުމާއެކު އޭނާގެ ހުކުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކޮށްދެއްވައި، 25 ސެޕްޓެމްބަރު 2023 ގައި އޭނާ ވަނީ މިނިވަންކޮށްފައެވެ.

ޖަލުން މިނިވަންވުމަށްފަހު ވެސް އާސިފްގެ ފަރާތުން ނުރައްކާތެރި އަމަލުތައް ފެނިފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އޭނާގެ އަމިއްލަ ބޭބެގެ ބޮލަށް ކަތިވަޅިއަކުން ހަމަލާދިން މައްސަލައެއްގައި އާސިފް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، މާލޭގެ ގެއަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ވެސް 36 އަހަރުގެ އާސިފް މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.

ރައީސް ސާލިހުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް، އާސިފްގެ އިތުރުން ދައުލަތަށް ބޮޑެތި ޚިޔާނާތްތައް ފަޅާއެރުމުން ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް ރައީސް ސާލިހު ވަނީ މައާފްދެއްވައި މިނިވަން ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ގްލޯބަލް ދުކާނުން ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް ގްލޯބަލް ދުކާންއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ދިވެހީންނަށް އިންޑިއާއިން ވިޔަފާރިކުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ހުޅުމާލޭގައި ނަފުސާނީ ބަލީގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަސް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.