އެމެރިކާގެ ނިއުކްލިއަރ ޕަވަރ ޕްލާންޓްއެއް؛ ފޮޓޯ / އެމެރިކާގެ އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދުނިޔެ
15 Apr 2026 | 09:49
އެމެރިކާގެ ނިއުކްލިއާ ހަތިޔާރާއި ގުޅޭ ސިއްރު ދިރާސާތަކުގައި މަސައްކަތްކުރާ އިތުރު މީހަކު ގެއްލިއްޖެ

އެމެރިކާގެ ނިއުކްލިއާ ހަތިޔާރާއި ގުޅޭ ސިއްރު ދިރާސާތަކުގައި މަސައްކަތްކުރާ އިތުރު މީހަކު އެއްވެސް ނިޝާނެއް ނެތި ގެއްލިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އެމެރިކާގެ ނިއުކްލިއާ އަދި ޖައްވީ ސިއްރުތަކާ ގުޅުންހުރި މީހުންގެ ތެރެއިން މިފަހަކަށް އައިސް ކުއްލި ގޮތަކަށް ގެއްލުނު ނުވަތަ މަރުވި 10 ވަނަ މީހާއެވެ.

މިފަހަރު ގެއްލިފައިވަނީ ނިއު މެކްސިކޯގެ އަލްބަކާކީގައި ހުންނަ ކެންސަސް ސިޓީ ނޭޝަނަލް ސެކިއުރިޓީ ކެމްޕަސް ގައި ސަރުކާރުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 48 އަހަރުގެ ސްޓީވަަން ގާސިއާއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް 28، 2025 ގައި އޭނާގެ ގެއިން އަތުބަޑިއެއް ހިފައިގެން ނުކުމެގެން ދަނިކޮށެވެ. ގާސިއާއަކީ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ނިއުކްލިއާ ހަތިޔާރުތަކުގެ ގިނަ އަދަދެއްގެ ސާމާނުތައް ބަލަހައްޓާ މަރުކަޒެއްގައި އިސް މަގާމެއް ފުރަަމުންދިޔަ މީހެކެވެ.

މި މަރުކަޒަކީ ނިއުކްލިއާ ހަތިޔާރުތަކަށް ބޭނުންވާ ނޮން-ނިއުކްލިއާ ކޮމްޕޯނަންޓްތަކުގެ 80 އިންސައްތަ އުފައްދާ ތަނެވެ. ގާސިއާގެ އާއިލާއާއި ގާތް ފަރާތްތަކުން ބުނާ ގޮތުގައި އޭނާއަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ މީހެކެވެ. ނަމަވެސް އޭނާ ގެއްލުނު ފަހުން އޭނާގެ މަސައްކަތުގެ ކޮމްޕިއުޓަރުތަކާއި އީމެއިލްތައް ބެލި ބެލުމުން އެއްވެސް އިޝާރާތެއް ފެނިފައެއް ނުވެއެވެ.

މި ސިލްސިލާގައި ހިމެނޭ އެހެން މީހުންގެ ތެރޭގައި ލޮސް އަލާމޯސް ނޭޝަނަލް ލެބޯޓްރީގެ މުވައްޒަފުން ކަމަށްވާ އެންތަނީ ޗާވޭޒް އާއި މެލިސާ ކޭސިއަސް ހިމެނެއެވެ. މީގެ އިތުރުން އެމެރިކާގެ އެއާފޯސް ރިސާޗް ލެބޯޓްރީގެ ކުރީގެ ކޮމާންޑަރު، ރިޓަޔާޑް މޭޖާ ޖެނެރަލް ވިލިއަމް ނީލް މެކްކަސްލޭންޑް ވެސް ވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެއްވެސް ނިޝާނެއް ނެތި ގެއްލިފައެވެ. މި ހުރިހާ މީހުންނަކީ ވެސް އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި ނާޒުކު މަސައްކަތްތަކެއްގައި އުޅުނު މީހުންނެވެ.

މި މައްސަލަތަކާ ގުޅިގެން އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެފްބީއައި މެދުވެރިކޮށް މިކަން ތަހުގީގު ކުރުމަށް ގޮވާލާފައެވެ. ގެއްލުނު ބައެއް މީހުންގެ ފޯނުތައް ފެނުނު އިރު، އެ ފޯނުތަކުގައި ހުރި ހުރިހާ މައުލޫމާތެއް ވަނީ ފޮހެލާފައެވެ. މި ހާދިސާތަކުގެ ފަހަތުގައި އެއްވެސް ގުޅުމެއް އޮތްކަން ރަސްމީ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.