މޯލްޑިވިއަން؛ ފޮޓޯ / ވޮއިސް
ހަބަރު
15 Apr 2026 | 14:27
އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުތުރައް ފަށަނީ

ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބާންއަށް މި އަންނަ މަހުގެ 17 ވަނަ ދުވަހު ދަތުރުތައް ފަށަން ނިންމާއިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި، މޭ 17 އިން ފެށިގެން ރާއްޖެއިން އޮސްޓްރޭލިއާއަށް ޑައިރެކްޓް ފްލައިޓްތައް ދަތުރުކުރާނެއެވެ. އަދި އޮސްޓްރޭލިއާއަށްދާ ފުރަތަމަ ފްލައިޓް ރާއްޖެ އަނބުރާ އަންނާނީ މޭ 19 ގައެވެ. އަދި މި ދަތުރުތައް ކޮންމެ ހަފުތާއަކު އެއް ފަހަރު ބޭއްވުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.

މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހު އޮސްޓްރޭލިއާއާއި ރާއްޖެއާއި މެދު ދަތުރުތައް ފެށުމަށް ދެ ގައުމުން އެއްބަސްވުމުގައި ސޮއިކޮށްފާވާއިރު، މިއީ މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަދުވަސްވީ މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެމަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ރާއްޖެއަށް 6,526 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުނީ، އޮސްޓްރޭލިއާ މާކެޓުން މި ސަރަހައްދަށް ވަރަށް ރަނގަޅު ޑިމާންޑެއް އޮންނަކަމަށެވެ. އެގޮތުން ސްރީލަންކަން އެއާލައިނުން އެކަނިވެސް އޮސްޓްރޭލިއާއަށް ހަފްތާއަކުން 10 ފްލައިޓް ބާއްވައެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަކީ އެކަމުގެ ސަބަބުން އޮސްޓްރޭލިއާ އަދި އެނޫންވެސް މަންޒިލްތަކުން ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނޭ ކަމެއްކަމަށް އެފަރާތްތަކުން ބުނެއެވެ.

މޯލްޑިވިއަނުން ދަނީ އެ އެއަރލައިނުން ދަތުރުކުރާ ބައިނަލްއަގުވާމީ މަންޒިލްތައް އިތުރު ކުރުމަށްޓަކައި ހުޅަނގުގެ ގައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި ތައްޔާރުވަމުންނެވެ. މޯލްޑިވިއަނުން މިހާރު ދަތުރުކުރާ މަންޒިލްތަކުގައި، ޗައިނާ، ބަންގްލަދޭޝް އަދި އިންޑިއާ ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ނުކުޅެދުންތެރިންގެ ޙައްޤުތަކުގެ ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ނިންމަވައިފިއެވެ.
22 Sep 2026
ސަޢޫދީގެ މަތިންދާބޯޓުތަކަށް ތެޔޮއަޅައިދޭން އިނގިރޭސިވިލާތުން އެހީވަނީ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތަކުން ސަޢޫދީ ޢަރަބިއްޔާ ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅައިދިނުމުގެ ލިމިޓެޑް އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
22 Sep 2026
ކޮންގްރެސްގައި 986 އަށްވުރެ ގިނަ ކޮންގްރެސްމަނުން ބައިވެރިވާނެ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
22 Sep 2026
ނައިބު ރައީސް އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ޒިޔާރަތްކުރައްވައިފި
އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އދ. ގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ