މިނިސްޓަރ ސަޢީދު؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު
14 Apr 2026 | 10:28
ރާއްޖެއަށް ދެން އެންމެ އަވަހަށް ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓް އަންނަ ތާރީޚްތައް ހާމަކޮށްފި

ރާއްޖެއަށް ޕެޓްރޯލް ޝިޕްމަންޓް އަންނާނީ 20 އޭޕްރީލް، 8 މޭ، 26 މޭ އަދި 14 ޖޫން ގައި ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވަލޮޕްމަންޓް އެންޑް ޓްރޭޑް، ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަޅުގަނޑުމެންނަށް އެސް.ޓީ.އޯ އިން ދެއްވާ މައުލޫމާތުގައި، 20 އޭޕްރީލް، 8 މޭ، 26 މޭ، 14 ޖޫން، އެއީ ޕެޓްރޯލް ޝިޕްމަންޓްތައް އަންނާނެ ތާރީޚު. ޑީސެލް އަށް ބަލާއިރުގައި 17 އޭޕްރިލް، 30 އޭޕްރިލް، 7 މޭ، 15 މޭގައި ޝިޕްމަންޓް އަންނާނެ.

މިނިސްޓަރ ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދިވެހި ސަރުކާރުން ދަނީ ރައްޔިތުންނަށް ދަތިނުވާނެހެން ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން، ރާއްޖެއަށް އަންނަ ތެޔޮ އަދި ޑީސެލްގެ ޝިޕްމަންޓްތަކަށް މެދުކެނޑުމެއް ނާންނާނެކަމުގެ ޔަގީންކަން މިނިސްޓްރީން ދަނީ ރައްޔިތުންނަށް ދެމުންނެވެ.

ނަމަވެސް، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތެލާއި ޑީސެލްގެ އަގު ދަނީ އުފުލެމުންނެވެ. މީގެ އިތުރުން، މާލެއިން ތެލާއި ޑީސެލް ލިބޭ އަގާއި ރާއްޖެތެރެ ރަށްތަކުން ތެލާއި ޑީސެލް ލިބޭ އަގުގައި ވަރަށް ބޮޑު ފަރަގެއް ހުންނަކަން ފާހަގަކުރެވެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން، ކޮމިޓީން ވިދާޅުވީ މި ފަރަގު ހުންނަނީ އަމިއްލަ ފަރާތްތަކުން ހިންގާ ޕެޓްރޯލް އަދި ޑީސެލް އަޅާ ތަންތަނުގައެވެ. އަދި އެސް.ޓީ.އޯ އިން ވިއްކާ ތެލާއި ޑީސެލްގެ އަގު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އެއް އަގެއްގައި ވިއްކަމުންދާނެ ކަމުގެ ޔަގީންކަން ކޮމިޓީން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

އެމެރިކާ-އިސްރާއިލް އަދި އީރާނުން މިހާރު 2 ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެމެރިކާއިން މިހާރު ވަނީ ހޯރްމޫޒް ކަނޑުއޮޅީގައި "ނޭވަލް ބްލޮކޭޑް" ގާއިމުކޮށްފައެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް ހޯރްމޫޒް ކަނޑުއޮޅިން ދަތުރު ކުރުން ވަނީ ދަތިވެފައެވެ. 

ރާއްޖެއިން ތެލާއި ޑީސެލް އޮމާނުން އެތެރެކުރުމުގެ ސަބަބުން ޝިޕްމަންޓްއަށް އެހާ ބޮޑު އަސަރެއް ނުކުރުރި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސީދާ އަސަރު ރާއްޖެއަށް ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.