މެންޗަސްޓަރ ސިޓީ އާއި މެންޗަސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން ޖެހި ލަނޑުގެ ވީއޭއާރ؛ ފޮޓޯ / ސްކައި ސްޕޯޓްސް
ކުޅިވަރު
14 Sep 2026 | 22:42
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން: ރެފްރީން

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅެ 1-0 އިން މޮޅުވި ޑާބީ މެޗުގައި އާލިން ހާލަންޑު ކާމިޔާބުކުރި ގޯލް ވީއޭއާރުން ސައްޙަ ގޯލެއް ކަމަށް ކަނޑައެޅުނީ ކުށަކުން ކަމަށް ޕްރޮފެޝަނަލް ގޭމް ރެފްރީޒް (ޕްރޯ ރެފް) އިން ރޭ ހާމަކޮށްފިއެވެ.

ބުރޫނޯ ފެނާންޑެސްއަށް ކުރި ފައުލެއްގެ ސަބަބުން ފޯޑެންއަށް ރަތް ކާޑު ދައްކައި ސިޓީ 10 ކުޅުންތެރިންނާ އެކު ކުޅެމުން ދަނިކޮށް ސިޓީން ވަނީ މެޗްގެ 60 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު ޖެހީ ހާލާންޑެވެ. އެންމެ ފުރަތަމަ ރެފްރީ އެ ގޯލް ނިންމީ އޯފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ފަހުން އެ ނިންމުން ބަދަލުކުރީ ސިޓީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑެޒް އޮފްސައިޑު މަގާމެއްގައި ހުރެ ބޯޅައިގައި ނުޖެހޭ ކަމަށް ބެލުމަށްފަހުއެވެ.

ޕްރޯ ރެފްއިން ނެރުނު ބަޔާން

މިކަމާ ގުޅިގެން ޔުނައިޓެޑުގެ ކޯޗު މައިކެލް ކެރިކް ބުނީ ރެފްރީންގެ ޓީމެއް ގުޅިގެން އެ ގޯލް ސައްޙަ ކަމަށް ނިންމުމަކީ "ކަންބޮޑުވާ" ކަމެއް ކަމަށެވެ. ޔުނައިޓެޑުގެ ޑިފެންޑަރު ލިސާންޑްރޯ މާޓީނެޒް ބުނީ ޕްރިމިއާ ލީގުގައި ފަހެއް ނުވަތަ ހައެއް އޮފިޝަލުން ތިބިއިރު މިކަހަލަ ގޯހެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. 

މެންޗެސްޓާ ޑާބީގެ ލީގު މެޗުތަކުގައި ހާލަންޑު މިހާތަނަށް 9 ގޯލް ޖަހާފައިވާއިރު، ޕްރޯ ރެފް އިން ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.