ދިވެހި ފުލުހުންގެ ހިދުމަތް؛ ފޮޓޯ / ދިވެހި ފުލުހުންގެ ހިދުމަތް
ހަބަރު
06 Apr 2026 | 11:04
"ރިޕެއާ" ކުރާ ކަމަށް ބުނެ ސްކޭމެއް؛ ސަމާލުވާން ފުލުހުން އެދިއްޖެ

ކޮމްޕިއުޓަރާއި ފޯނު ފަދަ ވަސީލަތްތައް މެދުވެރިކޮށް ހިންގާ އޮންލައިން މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާތީ، އަލަށް ފެންމަތިވެފައިވާ "ރިޕެއާ ސްކޭމް" އަށް އާންމުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މިއަދު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފައިވަނީ މިއީ ފޭސްބުކް މާކެޓްޕްލޭސް ފަދަ ޕްލެޓްފޯމްތަކުގައި މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އާ ބާވަތެއްގެ ޖަރީމާއެއް ކަމަށެވެ.

ފުލުހުންގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، މި ސްކޭމް ހިންގާ މީހުން އެންމެ ފުރަތަމަ ބަލަނީ ފޭސްބުކްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗަށެވެ. އެއަށްފަހު އެ ތަކެތި ވިއްކި ފަރާތްތަކަށް ގުޅައި، އެއީ އެ މީހުން މަރާމާތުކޮށްދިން އެއްޗެއް ކަމަށް ބުނެ އޮޅުވާލައިގެން މުދާ ވިއްކި މީހާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރެއެވެ. މިއީ މަކަރާއި ހީލަތުން ފައިސާ ފޭރުމަށްޓަކައި ވަރަށް ބޮޑަށް ރާވައިގެން ހިންގާ އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.

މި ސްކޭމްގެ ތެރެއިން މީހުންގެ އިތުބާރު ހޯދުމަށްފަހު، އެ މުދަލެއް މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ އޭގެ އުޖޫރަ ނުވަތަ "ރިޕެއާ ފީ" ދެއްކުމަށް އެދެއެވެ. މިކަން އިތުރަށް ކަށަވަރުކޮށްދީ މީހުންނަށް އޮޅުވާލުމުގެ ގޮތުން، ސައްހަ ނޫން ފޭކް ރިސިޕްޓާއި އިންވޮއިސްތައް ވެސް ތައްޔާރުކޮށްގެން ފޮނުވާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ކަންކަމުގެ ސަބަބުން ގިނަ ބަޔަކު ނޭނގި ތިބެ ސްކޭމަރުންގެ މަޅީގައި ޖެހުމުގެ ފުރުސަތު އޮންނަކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެއެވެ.

އެހެންކަމުން، މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން ކުރިން ނުދަންނަ ފަރާތްތަކަށް އެއްވެސް ހާލަތެއްގައި ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. ވަކިން ހާއްސަކޮށް، މީހަކު އަމިއްލައަށް އެއްޗެއް މަރާމާތުކުރަން ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދިއްޖެނަމަ، އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފުލުހުން ވަނީ ބަޔާންކޮށްފައެވެ.

ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، ސްކޭމްތަކުގައި ގެއްލޭ ފައިސާ ހިފެހެއްޓުމަށް ބޭންކްތަކާ ގުޅިގެން ފުލުހުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އޮންލައިންކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރާއިރު މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަކަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ