އާޓެމިސް 2؛ ފޮޓޯ / ނާސާ
11 Apr 2026 | 09:50
އާޓެމިސް 2 ކާމިޔާބުކަމާއެކު އެނބުރި ދުނިޔެއަށް އަތުވެއްޖެ

ނާސާގެ އާޓެމިސް 2 މިޝަންގެ އުޅަނދު ހަނދު ވަށައިގެން ދަތުރުކުރުމަށްފަހު، ކާމިޔާބުކަމާއެކު އިއްޔެ އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.

މި ތާރީޚީ ދަތުރަށްފަހު އޮރަޔަން ކެޕްސޫލް ޕެސިފިކް ކަނޑަށް ޖެއްސީ އެމެރިކާގެ ހުޅަނގު އައްސޭރީގެ ގަޑިން މެންދުރުފަހުގެ ވަގުތެއްގައެވެ. މި އުޅަނދު ކަނޑަށް ތިރިކޮށްފައިވަނީ ކެލިފޯނިއާގެ ސެން ޑިއޭގޯގެ އައްސޭރިފަށާ ދުރު ސަރަހައްދަކަށެވެ.

މި މިޝަންގައި ބައިވެރިވި ހަތަރު އެސްޓްރޮނޯޓުން ކަމަށްވާ ކޮމާންޑަރު ރީޑް ވައިޒްމަން، ޕައިލެޓް ވިކްޓަރ ގްލޯވާ، މިޝަން ސްޕެޝަލިސްޓް ކްރިސްޓީނާ ކޮކް އަދި ކެނެޑާގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަންގެ ހާލު ރަނގަޅުކަމަށް ނާސާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އުޅަނދު ކަނޑަށް ތިރިކުރުމާއެކު، އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރު "ޔޫއެސްއެސް ޖޯން ޕީ. މާރތާ" އިން ވަނީ އެސްޓްރޮނޯޓުންނަށް އެހީތެރިކަން ފޯރުކޮށްދީ މަނަވަރަށް ނަގާފައެވެ.

މިއީ ފާއިތުވި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އިންސާނުން ހަނދާ ހަމައަށް ދަތުރުކުރުމަށްފަހު އެނބުރި އައި ފުރަތަމަ ފަހަރެވެ.

އާޓެމިސް 2 މިޝަންގެ މި ދަތުރުގައި ޖުމްލަ 10 ދުވަސް ހޭދަވެފައިވާއިރު، އުޅަނދު ވަނީ ގާތްގަނޑަކަށް 694,481 މޭލުގެ ރާސްތާއެއް ކަނޑަތުކޮށްފައެވެ. މި ދަތުރު ފެށިފައިވަނީ، މިހިނގާ އޭޕްރިލްމަހުގެ އެއްވަނަ ދުވަހު ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. އުޅަނދު ދުނިޔޭގެ ޖައްވަށް ވަދެފައިވަނީ ގަޑިއަކު ގާތްގަނޑަކަށް 25,000 މޭލުގެ ބާރުމިނުގައެވެ. ޖައްވަށް ވަނުމުގެ ތެރޭގައި އުޅަނދުގެ ބޭރުގެ ހޫނުމިން ގާތްގަނޑަކަށް 2,700 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މިޝަންއަކީ އިންސާނުން އަލުން ހަނދަށް ފޮނުވުމަށް ނާސާއިން ކުރިއަށްގެންދާ އާޓެމިސް ޕްރޮގްރާމްގެ ދަށުން ކުރެވުނު ފުރަތަމަ  ޓެސްޓު ދަތުރެކެވެ. މި ދަތުރުގައި އެސްޓްރޮނޯޓުން ވަނީ ދުނިޔެއާ އެންމެ ދުރަށް ދަތުރުކޮށް، ކުރިން އެޕޯލޯ 13 މިޝަނުން ގާއިމުކޮށްފައިވާ ރެކޯޑު މުގުރާލާފައެވެ. ދަތުރުގެ ތެރޭގައި އުޅަނދުގެ ލައިފް ސަޕޯޓް ސިސްޓަމްތަކާއި، މުވާސަލާތީ ނިޒާމުތައް އަދި ނެވިގޭޝަން ސިސްޓަމްތައް ވަނީ ފުރިހަމައަށް ޓެސްޓުކޮށްފައެވެ.

އާޓެމިސް 2 ގެ ކާމިޔާބީއާއެކު، ދެން ނާސާއިން ތައްޔާރުވާނީ އާޓެމިސް 3 މިޝަންގައި އިންސާނުން ހަނދުގެ ގެންދިއުމަށެވެ. މިހާރު އެސްޓްރޮނޯޓުން ތިބީ މަނަވަރުގައި ސިއްހީ ތަހުލީލުތައް ހެދުމަށް މަޑުކޮށްގެން ކަމަށާއި، އެމީހުން ވަރަށް އަވަހަށް ހިއުސްޓަންގައި ހުންނަ ޖޯންސަން ސްޕޭސް ސެންޓަރަށް ގެންދެވޭނެ ކަމަށް ނާސާއިން ބުނެއެވެ. މިއީ އިންސާނުން ހަނދުގައި ދާއިމީ މަރުކަޒެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ނާސާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.