ސައިންސް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
26 Jul 2026
ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟
ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް، އެކުގައި އުޅޭ އެހެން މީހުން ދޫކޮށްލުމަށްފަހު ވަކި މީހެއްގެ ގައިގައި މާ ގިނައިން މަދިރި ހަފާ މައްސަލައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަކީ "މަދިރި ދަމާ މެގްނެޓެއް" ފަދަ ބައެކެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
17 Jul 2026
ރިކޯޑް އަގަކަށް ވިއްކާލި މި ’ޓީ-ރެކްސް‘ ކަށިގަނޑުގެ ނަން އެނގޭތަ؟
ޖުލައި 2026 ގައި ސޯތަބީސް އޮކްޝަން ހައުސްއިން ބޭއްވި ނީލަމެއްގައި، 67 މިލިއަން އަހަރުވީ، ”ގަސް“ ނަމަކަށް ކިޔާ މި ކަށިގަނޑު ވިއްކާލާފައިވަނީ 50.1 މިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ މިހާތަނަށް ނީލަމެއްގައި ޑައިނަސޯގެ ކަށިގަނޑެއް ވިއްކާލި އެންމެ ބޮޑު އަގެވެ.
15 Jul 2026
ފަލަކީ އިލްމުވެރިން, ފުރަތަމަ ފަހަރަށް ފަޒާގެ ތެރެއިން ހަކުރު ހޯދައިފި
"އެރިތްރިއުލޯސް"ގެ ނަމުން ނަންދެވިފައިވާ މި ހަކުރަކީ އާންމުކޮށް ރާސްބެރީ ފަދަ މޭވާތަކުން ފެންނަ، ހަތަރު ކާބަން އެޓަމް އެކުލެވޭ މާއްދާއެކެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
03 Jun 2026
ފްލޮރިޑާގައި، 32 މިލިއަން "ރަނގަޅު" މަދިރި ދޫކުރުމަށް ގޫގުލް އިން ހުށަހަޅައިފި
އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި ބަލިތައް ފަތުރާ މަދިރީގެ އާބާދީ ކޮންޓްރޯލްކޮށް، ނުރައްކާތެރި ބަލިތައް މަދުކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 32 މިލިއަން "ރަނގަޅު" މަދިރި ދޫކުރުމުގެ ހުއްދައަކަށް ގޫގުލް އިން އެދިއްޖެއެވެ.
03 Jun 2026
ލެޖެންޑް ބަޔޯޓެކްގެ އައު ތެރަޕީން ކެންސަރު ބަލިމީހުންނަށް އުންމީދީ ނަތީޖާއެއް
ލެޖެންޑް ބަޔޯޓެކް އިން އުފައްދާފައިވާ، ހަށިގަނޑުގެ ތެރޭގައި ބައްޔާ ހަނގުރާމަކުރާ ސެލްތައް އުފައްދައިދޭ ތަޖުރިބާކާރު ތެރަޕީއަކުން، ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ބީ-ސެލް ނޮން-ހޮޖްކިން ލިމްފޯމާ ހުންނަ މީހުންނަށް އުންމީދީ ނަތީޖާތަކެއް ދައްކައިފިއެވެ.
25 May 2026
33 އަހަރަށްފަހު، އަރަފާތު ދުވަހު އިރު ގެފުޅާ ސީދާ އޮލަނބުވާނެ: ރިޕޯޓް
ފަލަކީ ގޮތުން ބަލާއިރު ވަރަށް މަދުން ނޫނީ ދިމާނުވާ ހާދިސާއެއް ކަމަށްވާ، އިރު ގެފުޅާ ސީދާ އޮލަނބުވުން މިއަހަރުގެ އަރަފާތު ދުވަހާ ދިމާވާނެ ކަމަށް ފަލަކީ މާހިރުން ހާމަކޮށްފިއެވެ.