މީހެއް ގައިގައި މަދިރި ހަފަނީ
ލައިފްސްޓައިލް
26 Jul 2026 | 08:41
ބައެއް މީހުންގެ ގައިގައި މާ ގިނައިން މަދިރި ހަފަނީ ކީއްވެ؟

ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް، އެކުގައި އުޅޭ އެހެން މީހުން ދޫކޮށްލުމަށްފަހު ވަކި މީހެއްގެ ގައިގައި މާ ގިނައިން މަދިރި ހަފާ މައްސަލައަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަކީ "މަދިރި ދަމާ މެގްނެޓެއް" ފަދަ ބައެކެވެ. މިކަމާ ގުޅޭގޮތުން ސައިންސްވެރިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، މަދިރި ވަކި މީހަކާ ދިމާލަށް ދަނީ އެމީހެއްގެ ހަށިގަނޑުން ބޭރުވާ ބައެއް ކަހަލަ ބަޔޮލޮޖިކަލް ސިގްނަލްތަކަށް ބަލައިގެންނެވެ.

މަދިރީގެ ތެރެއިން ހަފަނީ ހަމައެކަނި އަންހެން މަދިރިއެވެ. އެ ސޫފިތަކަށް އިންސާނުންގެ ލޭ ބޭނުންވަނީ އޭގެ ބިސް އާލާކުރުމަށް ބޭނުންވާ ޕްރޮޓީން ހޯދުމަށެވެ. ގާތްގަނޑަކަށް 10 މީޓަރު ދުރުންވެސް، ލޮލަށް ފެނުމާއި ވަހުގެ ޒަރީއާއިން މަދިރި އޭގެ ޝިކާރަ ދެނެގަނެއެވެ.

ކާބަންޑައިއޮކްސައިޑް: މަދިރިއަށް ދޭ ދައުވަތެއް

އިންސާނުން ނޭވާލާއިރު ބޭރުކުރާ ކާބަންޑައިއޮކްސައިޑް (CO2) އަކީ މަދިރި ދަމައިގަންނަ އެންމެ މުހިންމު އެއް ވަސީލަތެވެ. ބޮޑެތި މީހުން ކުޑަކުދިންނަށްވުރެ ގިނައިން CO2 ބޭރުކުރާތީ، މަދިރި އާންމުކޮށް ގިނައިން ހަފަނީ ބޮޑެތި މީހުންގެ ގަޔަށެވެ. ގްލާސްގޯ ޔުނިވަރސިޓީގެ ޕްރޮފެސަރ ހެދަރ ފާގަސަން ވިދާޅުވާ ގޮތުގައި، އެއް ތަނެއްގައި ހަތަރު މީހުން ތިއްބަސް، އޭގެ ތެރެއިން އެކަކު ހަށިގަނޑުން ބޭރުވާ ސިގްނަލްތަކުގެ ސަބަބުން 90 އިންސައްތަ މަދިރި އެމީހަކަށް ހަމަލާދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ހަށިގަނޑުގެ ހޫނުމިނާއި މާބަނޑު މީހުން

މަދިރި އެންމެ ބޮޑަށް ދަމައިގަންނަ އަނެއް ކަމަކީ ހަށިގަނޑުގެ ހޫނުމިނާއި ތެތް ކަމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުންގެ ގައިގައި މަދިރި ހެފުމުގެ ފުރުސަތު އާދައިގެ މީހުންނަށްވުރެ ދެގުނަ އިތުރެވެ. މީގެ ސަބަބަކީ މާބަނޑު މީހުންގެ މެޓަބޮލިޒަމް އަވަސްވެ، ހަށިގަނޑުގެ ހޫނުމިން މަތިވުމާއި، ގިނައިން CO2 ބޭރުކުރުމެވެ. ހަމައެހެންމެ، ކަސްރަތު ކުރާ ވަގުތުތަކުގައާއި ކަސްރަތަށްފަހު ހަށިގަނޑު ހޫނުވެ ދާހިއްލާފައި ހުންނަ އިރުވެސް މަދިރި ހެފުމުގެ ފުރުސަތު ބޮޑެވެ.

ހަމުގެ ވަސް: ކޮންމެ މީހަކަށް ތަފާތު ސިފައެއް

މަދިރި އިންސާނާގެ ގާތަށް (10 މީޓަރަށްވުރެ ކައިރިއަށް) އައުމުން، ދެން އެންމެ ބޮޑު ދައުރެއް އަދާކުރަނީ ހަމުގެ ވަހެވެ. އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވަރސިޓީގެ ޕްރޮފެސަރ ސްޓީވް ލިންޑްސީ ވިދާޅުވާ ގޮތުގައި، ކޮންމެ މީހެއްގެ ހަމުގައިވެސް ތަފާތު ބާވަތްތަކުގެ ބެކްޓީރިއާތައް އުޅެއެވެ. މި ބެކްޓީރިއާތަކުން ހަމުގެ މަތީގައި ހުންނަ މާއްދާތައް "ބްރޭކްޑައުންކުރުމުން“ އުފެދޭ "ކާބޮކްސިލިކް އެސިޑް" ފަދަ ވަސްތަކަކީ މަދިރި ވަރަށް ގަޔާވާ ވަސްތަކެކެވެ.

އެމެރިކާގެ ރޮކްފެލަރ ޔުނިވަރސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ބައެއް މީހުންގެ ހަމުގެ ވަސް އަނެއް ބަޔަކަށްވުރެ 100 ގުނަ އިތުރަށް މަދިރި ދަމައިގަނެއެވެ. އަދި މި ސިފައަކީ މީހާގެ ދިރިއުޅުމުގެ އާދަތަކަށް ބަދަލު އައި ނަމަވެސް، މުޅި އުމުރަށް ދެމިހުންނަ ކަމެއްކަން ސައިންސްވެރިން ފާހަގަކުރެއެވެ.

މަދިރިން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އިނގުރު ނުވަތަ ވިޓަމިން ބީ ބޭނުންކުރުމުން މަދިރި ދުރުކޮށްދެއެވެ. ނަމަވެސް، މިއީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މަދިރިން ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތަކީ:

- މަދިރި ހެފުން މަދުކުރާ ލޯޝަން ނުވަތަ ސްޕްރޭ (Deet, picaridin ފަދަ މާއްދާތައް ހިމެނޭ) ބޭނުންކުރުން.

- ހަށިގަނޑު ރަނގަޅަށް ނިވާވާ ފަދަ އަތްދިގު ހެދުން އެޅުން.

- ގަވާއިދުން މަދިރި ސްޕްރޭ/ލޯޝަން ފަދަ ތަކެތި އުނގުޅުން (ޚާއްޞަކޮށް ދާހިއްލާނަމަ).

ހުރިހާ ހެފުމެއް އެއްވަރެއް ނޫން

މަދިރި ހެފުމުން ހަށިގަނޑަށް ކުރާ އަސަރުވެސް އެކި މީހުންނަށް ތަފާތެވެ. ބައެއް މީހުންގެ ހަންގަނޑު ވަރަށް ބޮޑަށް ދުޅަވެ، ގިނަ ދުވަހަށް ކަހާ ގޮތްވެއެވެ. މިއީ އެމީހެއްގެ ދިފާއީ ނިޒާމު މަދިރީގެ ކުޅަށް އިޖާބަދޭ ގޮތުގެ ސަބަބުން ވާކަމެކެވެ. މީގެ ސަބަބުން، ހަގީގަތުގައި މަދިރި މަދުން ހެފި ނަމަވެސް، ތިމާގެ ގައިގައި މާ ގިނައިން މަދިރި ހަފާ ކަމުގެ އިހުސާސް ބައެއް މީހުންނަށް ކުރެވިދާނެއެވެ.

ކޮންމެއަކަސް، ސައިންސްވެރިން އިރުޝާދު ދެނީ ތިމާގެ ގައިގައި މަދިރި ނުހަފާ ކަމަށް ގަބޫލުކުރެވުނު ނަމަވެސް، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ސަލާމަތްވުމަށް އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ