މަދިރި: ފޮޓޯ/ އިންޓަނެޓް
ދުނިޔެ
03 Jun 2026 | 11:55
ފްލޮރިޑާގައި މަދިރި މަދުކުރުމަށް، 32 މިލިއަން "ރަނގަޅު" މަދިރި ދޫކުރުމަށް ގޫގުލް އިން ހުށަހަޅައިފި

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި ބަލިތައް ފަތުރާ މަދިރީގެ އާބާދީ ކޮންޓްރޯލްކޮށް، ނުރައްކާތެރި ބަލިތައް މަދުކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 32 މިލިއަން "ރަނގަޅު" މަދިރި ދޫކުރުމުގެ ހުއްދައަކަށް ގޫގުލް އިން އެދިއްޖެއެވެ.

ގޫގުލްގެ ސައިންސްވެރިންނާއި އިންޖިނިއަރުން 2016 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ "ޑީބަގް" ޕްރޮޖެކްޓުގެ ދަށުން ދޫކުރާނީ ދަރިމައިނުވާ ކަހަލަ މަދިރިތަކެކެވެ. މިއީ އިންސާނުންގެ ގައިގައި ނުހަފާ، ލޭ ނުބޯ އަދި ބިސް ނޭޅޭ ގޮތަށް ތައްޔާރުކޮށްފައިވާ މަދިރިތަކެކެވެ.

މި މަދިރިތައް މިހާތަނަށް ސިންގަޕޫރާއި ބްރިޓިޝް ވާޖިން އައިލެންޑްސްގައި ބޭނުންކޮށްފައިވާއިރު، ދެން މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ ފްލޮރިޑާ އާއި ކެލިފޯނިއާގައެވެ.

މި މަޝްރޫއު ހިނގާ ގޮތް

"ޑީބަގް" ޕްރޮޖެކްޓުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޑެންގީ، ޗިކަންގުންޔާ، ޒިކާ އަދި ރީނދޫ ހުން ފަތުރާ "އީޑީސް އެޖިޕްޓައި" މަދިރިއަށެވެ. ގޫގުލް އިން ބުނާ ގޮތުގައި މިއީ "ގޯސް" މަދިރިތަކާ ދެކޮޅަށް "ރަނގަޅު" މަދިރި ބޭނުންކޮށްގެން ކުރާ ހަނގުރާމައެކެވެ.

މި މަޝްރޫއުގައި ދޫކުރާ "ރަނގަޅު" މަދިރިތަކަކީ "ވޮލްބަކިއާ" ކިޔާ ގުދުރަތީ ބެކްޓީރިއާއެއް ހުންނަ ފިރިހެން މަދިރިތަކެކެވެ. މި މަދިރިތައް އަންހެން މަދިރިތަކާ ގުޅުމުން އަޅާ ބިސްތަކުން މަދިރި ލާވާ ނުއުފެދޭނެއެވެ. މި ފިރިހެން މަދިރި އަކީ އިންސާނުންގެ ގައިގައި ނުހަފާ މަދިރިއަކަށް ވުމުން، މީގެ ސަބަބުން ބަލި ފެތުރުމުގެ ބިރެއް ނޯވެއެވެ. މި އުސޫލުން މަދިރިތައް ދޫކުރަމުން ދިޔުމުން،ޱދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ބަލި ފަތުރާ މަދިރީގެ އާބާދީ މަދުވެގެންދާނެއެވެ.

މި މަސައްކަތުގައި އެއްވެސް ކަހަލަ ކެމިކަލެއް، ވިހަ މާއްދާއެއް ނުވަތަ ޖެނެޓިކް މޮޑިފިކޭޝަނެއް ބޭނުންނުކުރާ ކަމަށް ގޫގުލް އިން ބުނެއެވެ.

ފްލޮރިޑާގައި ޕްރޮޖެކްޓް ކުރިއަށްގެންދާ ގޮތް

އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން މެއި 6 ވަނަ ދުވަހު ހާމަކުރި ގޮތުގައި، ގޫގުލް އިން ވަނީ އަހަރަކު 16 މިލިއަން މަދިރި، ދެ އަހަރު ދުވަހުގެ މުއްދަތަށް ފްލޮރިޑާ އަދި ކެލިފޯނިއާގައި ދޫކުރުމުގެ ހުއްދައަކަށް އެދިފައެވެ. އީ.ޕީ.އޭ އިން މިކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން، އާންމުންގެ ހިޔާލަށް ޖޫން 5 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މީގެ ކުރިން މި މަޝްރޫއު ކާމިޔާބުވެފައިވޭތަ؟

ސިންގަޕޫރުގެ ނޭޝަނަލް އެންވަޔަރަންމަންޓް އެޖެންސީއާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން މި މަޝްރޫއު ކުރިއަށްގެންދެއެވެ. މިހާރުވެސް އެ ގައުމުގައި ހަފްތާއަކު 10 މިލިއަނަށްވުރެ ގިނަ މަދިރި ދޫކުރެއެވެ. ސިންގަޕޫރުގައި ކުރި ތަޖުރިބާތަކުން ދައްކާ ގޮތުގައި، މި މަސައްކަތުގެ ސަބަބުން މަދިރީގެ އާބާދީ 80 އިން 90 އިންސައްތައާ ދެމެދުގެ މިންވަރަކަށް މަދު ކުރެވިފައިވާއިރު، ޑެންގީ ޖެހޭ މިންވަރު 70 އިންސައްތައަށްވުރެ ބޮޑަށް ދަށްކުރެވިފައިވެއެވެ.

މިއީ 1950 ގެ އަހަރުތަކުން ފެށިގެން އެކި ބާވަތުގެ ސޫފިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރަމުން އަންނަ "ސްޓެރައިލް އިންސެކްޓް ޓެކްނީކް" އެވެ. މީގެ ކުރިން މޭވާގައި އަޅާ ފަނި ފަދަ ތަކެތި ނައްތާލުމަށްވެސް މި އުސޫލު ވަނީ ކާމިޔާބުކަމާއެކު ބޭނުންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ