ސައިންސްވެރިން ހޯދި ދިރުންތައް: ފޮޓޯ/ ރޮއިޓާސް
ލައިފްސްޓައިލް
04 Jun 2026 | 12:05
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި

އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.

ކޮންޒަވޭޝަން ގްރޫޕަކުން ބުދަ ދުވަހު ހާމަކުރި ގޮތުގައި "ވައިލްޑަރނަސް ޕްރޮޖެކްޓް" ގެ ފަރާތުން މިދިޔަ ފެބްރުއަރީ މަހު ކުރި މި ދަތުރުގައި، ފާހަގަކޮށްލެވޭ އާ ދިރުންތަކެއް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ދޮންދޫނި (ޑްރެގޮންފްލައި) ގެ އާ އަށް ބާވަތަކާއި، ގޮއްފުޅަނގީގެ (ގްރާސްހޮޕާގެ) ތިން ބާވަތެއްގެ އިތުރުން، އެކި ކުލަކުލައިގެ ކޮކާ އާއި މޮތްގެ 60 އެއްހާ އާ ބާވަތް ހިމެނެއެވެ.

ސައިންސްވެރިން ހޯދި ދިރުންތައް: ފޮޓޯ/ ރޮއިޓާސް 

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެފްރިކާގެ ބޮޑު ހަތަރު ކޯރެއް ކަމަށްވާ ކޮންގޯ، އޮކަވަންގޯ، ޒެމްބޭޒީ އަދި ކުއަންޒާ ކޯރަށް ފެން ފޯރުކޮށްދޭ ލިސީމާ ޕްލެޓޯ ސަރަހައްދުގައެވެ.

މި ހޯދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދިރުމަކީ އަލްޓްރާވައިލެޓް އަލީގައި ވިދާ "ކްރައުންޑް ކްރެބް ސްޕައިޑަރ" އެވެ. މީގެ އިތުރުން، ދޫނި ފަދަ ޝިކާރަވެރިންގެ ކިބައިން ސަލާމަތްވުމަށްޓަކައި "ލޭޑީބާޑް" ނުވަތަ ނަލަމަޑިގެ ސިފަ ޖައްސައިގެން އުޅޭ "އޯބް-ވެބް" މަކުނުގެ އާ ބާވަތެއްވެސް ވަނީ ފެނިފައެވެ. ގަދަ ރަތް ކުލައިގެ ބަދަލުގައި މި މަކުނު ހުންނަނީ އޮރެންޖް ކުލައެއްގައެވެ.

ސައިންސްވެރިން ހޯދި ދިރުންތައް: ފޮޓޯ/ ރޮއިޓާސް 

މި އެކްސްޕެޑިޝަންގެ ލީޑަރު ރޮބް ޓޭލާ ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ސަރަހައްދުން ފެނުނު "އާމަޑް ކްރިކެޓް" އަކީ ވަރަށް ތަފާތު ސިފައެއް ހުންނަ ސޫތްޕެއް ކަމަށެވެ. އަދި އެ ސޫތްޕަށް ނުރައްކަލެއް ކުރިމަތިވުމުން، ދިފާއީ އުކުޅެއްގެ ގޮތުގައި ހަމަލާދޭ އެތީގެ ގަޔަށް ދިޔައެއް ޖަހާ ކަމަށްވެސް އޭނާ ބުންޏެވެ.

ސައިންސްވެރިން ހޯދި ދިރުންތައް: ފޮޓޯ/ ރޮއިޓާސް 

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސްވެރިން އަންނަނީ އާ ދިރުންތައް ހޯދައި ރެކޯޑު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ތަފާތު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި 8.7 މިލިއަން ބާވަތުގެ ދިރުން އުޅޭއިރު، ސައިންސްވެރިންނަށް މިހާތަނަށް ދެނެގަނެވިފައިވަނީ އެންމެ 1.5 މިލިއަން ބާވަތެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް އެއް މިލިއަން ބާވަތް މިހާރު ވަނީ ނެތިގެން ދިއުމުގެ ބިރުގެ ތެރޭގައެވެ.

ލިސީމާ ޕްލެޓޯގެ ދިރުންތަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ގަސް ކެނޑުމާއި، ޖަންގަލިތައް ހަލާކުކުރުމާއި، އަދި އެ ސަރަހައްދުގައި ކުރިއަށްދާ އަލިމަސް ނެގުމުގެ މަސައްކަތްތައް ކަމަށް ރޮބް ޓޭލާ ފާހަގަކުރިއެވެ.

މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށްޓަކައި ޖަންގަލިތައް އަންދާލުމަކީވެސް މި ފަދަ ދިރުންތައް ދުނިޔެއިން ފޮހެވިގެން ދިއުމަށް މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ