މިލްކީވޭ-
ލައިފްސްޓައިލް
15 Jul 2026 | 11:27
ފަލަކީ އިލްމުވެރިން, ފުރަތަމަ ފަހަރަށް ފަޒާގެ ތެރެއިން ހަކުރު ހޯދައިފި

މިލްކީވޭ ގެލެކްސީގެ މެދުތެރޭގައިވާ ކާއިނާތުގެ ހިރަފުހާއި ގޭސްތަކުގެ ތެރެއިން، ގުދުރަތީ ހަކުރުގެ ބާވަތެއް ފަލަކީ އިލްމުވެރިން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

"އެރިތްރިއުލޯސް"ގެ ނަމުން ނަންދެވިފައިވާ މި ހަކުރަކީ އާންމުކޮށް ރާސްބެރީ ފަދަ މޭވާތަކުން ފެންނަ، ހަތަރު ކާބަން އެޓަމް އެކުލެވޭ މާއްދާއެކެވެ.

މި ހޯދުމަކީ ދިރުންތަކަށް ބޭނުންވާ މުހިންމު މާއްދާތައް ތަރިތަކުގެ ދެމެދުގައިވާ ހުސްމިނުގައި އުފެދިދާނެކަން ސާބިތުކޮށްދިން ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ދިރުންތަކުގެ އަސްލާ ގުޅޭ އެހެން މުހިންމު މޮލިކިއުލްތައް ފަޒާގެ ތެރެއިން ފެނިދާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.

ދިރުން ހުންނަ ތަކެތީގައި ހަކުރަކީ ހަކަތަ ފޯރުކޮށްދިނުމަށާއި، ބަޔޮލޮޖިކަލް އޮނިގަނޑުތައް ބިނާކުރުމުގެ އިތުރުން އާރް.އެން.އޭ އަދި ޑީ.އެން.އޭ ފަދަ ޖެނެޓިކް މާއްދާތައް އުފެދުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ސްޕެއިންގެ ސެންޓަރ ފޯ އެސްޓްރޯބަޔޮލޮޖީގެ އިލްމުވެރިން އިސްވެ ތިބެ ކުރި މި ދިރާސާގައި ބޭނުންކޮށްފައިވަނީ ސްޕެއިންގެ ދެ ސަރަހައްދެއްގައި ހުރި ރޭޑިއޯ ޓެލެސްކޯޕްތަކެކެވެ. އެއީ މެޑްރިޑްގެ އުތުރުގައިވާ ޔެބެސް އޮބްޒަވޭޓަރީ އާއި ސަރަ ނެވާޑާގައި ހުންނަ އައި.އާރް.އޭ.އެމް ޓެލެސްކޯޕެވެ. މި ޓެލެސްކޯޕްތައް ބޭނުންކޮށްގެން ސައިންސްވެރިން ދިރާސާކުރީ ގެލެކްސީގެ މެދުތެރޭގައިވާ "G+0.693−0.027" ނަމަކަށް ކިޔާ މޮލިކިއުލާ ކްލައުޑެކެވެ.

ދިރާސާގެ އިސް ސައިންސްވެރިޔާ އިޒަސްކުން ޖިމެނޭޒް-ސެރާ ވިދާޅުވި ގޮތުގައި، މި ހޯދުމަކީ ހީކުރި ވަރަށްވުރެ މާ ކުރިއަށް އެޅުނު ފިޔަވަޅެކެވެ. މީގެ ކުރިން ބެލެވިފައި އޮތީ ފަޒާގެ ތެރޭގައި ހުންނަ މޮލިކިއުލްތައް ބޮޑުވަނީ ވަރަށް ލަހުން ކާބަން އެޓަމްތައް އިތުރުވެގެން ކަމަށެވެ. ނަމަވެސް، މި ހޯދުމުން އެނގެނީ ތަރިތަކާއި ގްރަހެއް އުފެދުމުގެ ކުރިންވެސް ކާއިނާތުގެ ހުސްމިނުގައި މިފަދަ ކޮމްޕްލެކްސް ހަކުރު އުފެދިދާނެ ކަމެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޕްރޮފެސަރ މާކް ސެޕްޓަން ވިދާޅުވި ގޮތުގައި، މީގެ ކުރިން އެސްޓެރޮއިޑްތަކުން ހަކުރު ފެނިފައިވީ ނަމަވެސް، ފަޒާގެ ތެރެއިން މިފަދަ މާއްދާއެއް ފެނުމަކީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމް އުފެދުނުއިރުވެސް ދިރުމަށް ބޭނުންވާ އޯގަނިކް މާއްދާތައް ފަޒާގައި ހުރިކަމުގެ ހެއްކެކެވެ. ސައިންސްވެރިން އަންދާޒާ ކުރާ ގޮތުގައި މީގެ 4 ބިލިއަން އަހަރު ކުރިން، އެސްޓެރޮއިޑްތައް ދުނިޔެއަށް ވެއްޓުނު ދުވަސްވަރު 0.5 މިލިއަނާއި 50 މިލިއަން މެޓްރިކް ޓަނުގެ ހަކުރު ދުނިޔޭގެ ސަތަހައަށް ފޯރާފައިވެދާނެއެވެ.

ނޭޗަރ އެސްޓްރޯނޮމީ ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބައިވެރިވި ކާލޯސް ބްރިއޯނެސް ވިދާޅުވީ، މި ހޯދުމުގެ ސަބަބުން އާރް.އެން.އޭ ގައި ހިމެނޭ "ރައިބޯސް" ފަދަ އެހެން މުހިންމު ހަކުރުގެ ބާވަތްތައް ފަޒާގެ ތެރެއިން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެރިތްރިއުލޯސް އަކީ ހަމައެކަނި މޭވާގައި ހުންނަ އެއްޗެއް ނޫނެވެ. މިއީ ހަންގަނޑު މުށިކުރަން ބޭނުންކުރާ ބައެއް ކޮސްމެޓިކްސް އުފެއްދުމުގައިވެސް ބޭނުންކުރާ މާއްދާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ