ސައުދީ އެއާޕޯޓަކަށް މީގެ ކުރިން ދީފައިވާ ހަމަލާއެއް؛ ފޮޓޯ / ރޮއިޓާސް
ހަބަރު
08 Oct 2026 | 15:26
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޫތީ ޖަމާއަތުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ދަނޑިވަޅުގައި ސައުދީއާ އެކު ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގެ ސަބަބުން ފުރާނަ ގެއްލި، ގިނަ ބަޔަކު ޒަހަމްވެ، އެއާޕޯޓުގެ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ސައުދީން ރިޕޯޓުކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމުގައި ސިފަކޮށްފަ އެވެ. ހަމައެހެންމެ، ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަމަށް ބުރޫ އެރުވުމުގެ ބޭނުމުގައި ދީފައިވާ ހަމަލާތަކެއް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ހަމަލާތަކުގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުވާފަ އެވެ. އަދި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައިވެ އެވެ.

ހާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނީ، ދިވެހި ސަރުކާރާއި ރައްޔިތުން ސައުދީ ސަރުކާރާއި ރައްޔިތުންނާ އެކު ސާބިތުކަމާ އެކު ދެމިތިބި ކަމަށެވެ. އޭގެ އިތުރުން، ސައުދީގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، ސަރަހައްދުގައި ރައްކާތެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށް އެ ގައުމުން އަޅުއްވާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުދީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި އެކަކު މަރުވެ، އަށް މީހުން ޒަހަމްވެފައިވެއެވެ. އަބްހާ އެއާޕޯޓަށް އަމާޒުކުރި ހަމަލާގައި ދެ މީހުން މަރުވެ، 28 މީހުން ޒަހަމްވެފައިވެ އެވެ.

މި ދެ ހަމަލާގައި ޖުމްލަ ތިން މީހުން މަރުވެ، 36 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.