މެދުއިރުމަތީގެ ތެއޮ އުފައްދާ ކާރުހާނާއެއް.. ފޮޓޯ: ޕީއާރުނިއުސް
ދުނިޔެ
08 Oct 2026 | 16:55
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް 102 ޑޮލަރުން މައްޗަށް އަރައިފިއެވެ.

ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ސާފްނުކުރާ ތެއޮފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މަތީގައި ހުރިއިރު، އެމެރިކާގެ ވެސްޓް ޓެކްސަސްގައި ތެއޮ ފީފާއެއް ވަނީ 89.94 ޑޮލަރަށް އުފުލިފައެވެ. މީގެ އެއް ދުވަސް ކުރިން ތެލުގެ އަގު ތިރިވެފައި ހުރީ، ބައިނަލްއަގުވާމީ ހަކަތައިގެ ޖަމިއްޔާ (އައިއީއޭ) އިން ތެލުގެ ރިޒާވް ދޫކުރާ މިންވަރު އިތުރުކުރުމަށް އެއްބަސްވުމާ ގުޅިގެންނެވެ.

މާރިޗު މަހު އެކުލަވާލި ޕްލޭނެއްގެ ދަށުން ތެލުގެ ސްޓޮކް ދޫކުރުން އަވަސްކޮށް ޑީސަލް ސަޕްލައިއަށް އިސްކަންދިނުމަށް އައިއީއޭ ވަނީ ނިންމާފައެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫ އެރުމާއި ތެލުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

މި ނިންމުމާ ގުޅިގެން ބުދަ ދުވަހު ތެލުގެ އަގު ތިރިވި ނަމަވެސް، ސަޕްލައިއާ މެދު އޮތް ކަންބޮޑުވުންތައް ފިލައިނުދިޔުމުގެ ސަބަބުން އަނެއްކާ ވެސް އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ.

ދުނިޔޭގައި ތެލުގެ އަގު އުފުލުމުން އެންމެ ބޮޑަށް އަސަރު ކުރާނީ އޭޝިޔާ ބައްރުގެ ޤައުމުތަކަށެވެ. އެގޮތުން އިންޑިޔާ، ޕާކިސްތާން، އިންޑޮނޭޝިޔާ، ބަންގްލަދޭޝްގެ އިތުރުން ޗައިނާއަށް މިކަމުގެ ސަބަބުން އަސަރު ކުރާނެއެވެ. ސަބަބަކީ މިޤައުމުތަކަކީ މެދުއިރުމަތީގެ ތެލަށް އެންމެ ބަރޯސާވާ ޤައުމުތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.