ލަންޑަނުގެ ޝެޑެއް.. ފޮޓޯ: މައިލަންޑަން
ދުނިޔެ
08 Oct 2026 | 17:13
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި

ތެލުގެ އަގު ބޮޑުވަމުންދާ މައްސަލައިގައި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގޫގުލް މެޕްސް މެދުވެރިކޮށް ޕެޓްރޯލާއި ޑީސަލް އެންމެ އަގުހެޔޮކޮށް ވިއްކާ ތަންތަނުގެ މައުލޫމާތު ހޯދޭނެ އިންތިޒާމް މިއަދުން ފެށިގެން އިނގިރޭސިވިލާތުން ހަމަޖައްސައިފިއެވެ.

އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ތެޔޮ އަޅަން ގޮސް ޕަމްޕުގެ ނަންބަރުތައް މައްޗަށް އަރައިގެންދާ މަންޒަރު ފެނި، ތެލަށް ބޮޑު ހަރަދެއް ކުރަން ޖެހޭކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު އެކްސްގައި ކުރި ޕޯސްޓް

ބާންހަމް ފާހަގަކުރެއްވި ގޮތުގައި، އެކިއެކި ސަބަބުތަކާހެދި ތެލުގެ އަގު މައްޗަށްގޮސް، އޭގެ ބުރަ ސީދާ އާއިލާތަކަށް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށެވެ.

މި ބަދަލާ ގުޅިގެން މިއަދުން ފެށިގެން ގޫގުލް މެޕްސް މެދުވެރިކޮށް ޕެޓްރޯލާއި ޑީސެލް ވިއްކާ އަގުތައް ބެލޭނެ ކަމަށާއި، ކައިރި ސްޓޭޝަންތައް އަޅައިކިޔައި، ތެޔޮ އެޅުމުގެ ކުރިން އެންމެ ހެޔޮ އަގެއް ލިބޭ ތަން ދެނެގަނެވޭނެ ކަމަށް ބާންހަމް ވިދާޅުވިއެވެ.

މި ފީޗާ ތައާރަފުކުރީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި ގުޅިގެންކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.