ވަޒީރު އަހުމަދު ޝިޔާމް: ފޮޓޯ/ މަޖިލިސް
ހަބަރު
14 Jul 2026 | 10:34
އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުން ދެބައިކުޅަ އެއްބައި ޕްލާންޓްގެ އޮޕަރޭޝަން ހުއްޓުނު: ޝިޔާމް

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިފްކޯގެ ދަށުގައި ހުރި އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުން އެތަނުން ދެބައިކުޅަ އެއްބައި ޕްލާންޓްގެ އޮޕަރޭޝަން ހުއްޓިގެންދިޔަ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އައިސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. އަދި އެކަން އެހެން ދިމާވީ އައިސް ޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުންކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން މިފްކޯގެ އައިސް ޕްލާންޓްތައް މިހުންނަނީ މިފްކޯގެ ބެލުމުގެ ދަށުގައި. އައިސް ޕްލާންޓްތަކާ ކުޅެހަދަން މި އެނގެނީ ހަގީގަތުގައިވެސް މިފްކޯގައި މި ކަމަށް މި ތިބަ ޓެކްނިކަލް ބޭފުޅުންނަށް. އެހެންނަމަވެސް ވޭތުވެދިޔަ ސަރުކާރުގައި، ދިވެހިރާއްޖޭގައި މިފްކޯގެ ދަށުގައި ހުރި އައިސް ޕްލާންޓްތައް، އޭރުގައި 22 އައިސް ޕްލާންޓެއް މިފްކޯގެ ބެލުމުގެ ދަށުގައި ހުރި. އެ ފެނަކައަށް ބަދަލުކުރެވިގެން ދިޔުން މި ވެގެން ދިޔައީ، ހަގީގަތުގައިވެސް ވަރަށް ބޮޑު މުސީބާތަކަށް. 

ޝިޔާމް

އައިސް ޕްލާންޓްތައް ފެނަކައާ ހަވާލު ކުރުމުން، ވަރަށް ގިނަ އައިސް ޕްލާންޓްތަކުގެ މަސައްކަތް ހުއްޓުނު ކަމަށާަ، އެހެން އެކަން ދިމާވީ ފެނަކައިގައި އެ އޮޕަރޭޓްކުރަން އެނގޭ ޓެކްނިކަލް ބޭފުޅުން ނެތުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެ ދައުރު ނިމުނު އިރުގައި މި ދެންނެވި 22 ޕްލާންޓްގެ ތެރެއިން އޮޕަރޭޝަންގައި ނެތް ދެބައިކުޅަ އެއްބައިވެސް. އެއާ ކުޅެން ނޭނގޭ ބަޔަކާ އެ ހަވާލުކުރީމާ ވީގޮތް. 

ޝިޔާމް

ކަންމިހެން ހުރުމުން މިސަރުކާރުން ވެރިކަމާ ހަވާލުވެ އެ އައިސްޕްލާންޓްތައް ވަނީ އަލުން މިފްކޯގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިހާރު ރާއްޖޭގައި ހުރި 74 އައިސްޕްލާންޓްގެ ތެރެއިން 27 ޕްލާންޓް އޮޕަރޭޓް ކުރަމުންދަނީ މިފްކޯއިންކަން ޝިޔާމް ފާހަގަކުރެއްވިއެވެ. 

ޝިޔާމް އިތުރަށް ވިދާޅުވީ މަސްވެރިންގެ އަތުން ދާ އެއްޗެއް ކުޑަ ކުރުމަށް ދޯނީގައި، ލޮނުން އައިސް އުފައްދައިގެން އޮޕްރޭޓް ކުރުމުގެ އިންތިޒާމްވެސް ހަމަޖެއްސުމަކީ ސަރުކާރުގެ ވައުދެއް ކަމަށާ އެ މަސަކަތްވެސް ކުރިއަށްދާ ކަމަށެވެ.  

ނަމަވެސް ފަރުމަސްވެރިންނަށް އައިސް ޕްލާންޓްތައް ބޭނުންވާ ކަމަށާ، އެ ފަރާތްތަކުގެ އެދުމަށް އައިސްޕްލާންޓްތައް އަދިވެސް އަޅަމުންދާ ކަމަށް ވިދާޅުވުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.