10 Aug 2026
މަސައްކަތް ނުފަށާތީ ކުރީ ސަރުކާރު ހަވާލުކުރި 16 މަޝްރޫޢެއް ބާތިލުކޮށްފިން
ކުރީގެ ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ނުފެށި ހުރި 16 މަޝްރޫޢެއް ބާތިލުކޮށް، އެ މަޝްރޫޢުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.