ވަޒީރު ޑރ. މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
03 Aug 2026 | 10:58
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު؛ މިސަރުކާރުގެ މަސައްކަތުގެ ފެންވަރު އެނގޭނީ ބޭރުމަގުން: ޑރ. މުއްޠަލިބު

މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީނީމަގުގެ ޙާލަތާއި ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މުއްޠަލިބު ވިދާޅުވީ މިވެރިކަން ފެށުނުއިރު އަމީނީ މަގުގެ އެއް ސެގްމަންޓްގެ މަސައްކަތް ނުނިމިހުރި ކަމަށެވެ. އަދި އާރްޑީސީން އޭރު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތަށް ގޮސް މަގުގެ މަސައްކަތް ނިންމާލެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އާރްޑީސީން އަމިއްލައަށް ތާރު އެޅުމަށްޓަކައި ކެޕޭސިޓީ ހުރިކަން ނިންމައި، އިންޑިޔާއިން މެނުއަލް މެޝިނެއް ގެނެސް ބަހައްޓައިގެން ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ. އަޅުގަނޑަކަށް ނޭނގެ ކޮން އުސޫލަކުން ކަމެއް، އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު މެނުއަލް މެޝިނެއް ގެނެސް ބަހައްޓައިގެން ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ.

ވަޒީރު ޑރ. މުއްޠަލިބު

ވަޒީރު ވިދާޅުވީ، އާރްޑީސީއަށް އެ މަސައްކަތް ނިންމުމުގެ ފުރުސަތު ދެއްވީ އަމީނީ މަގު ބަންދު ކޮށްފައި ނުބޭއްވުމަށް ކަމަށެވެ. 

އެއަށްފަހުގައި އެތަނަށް ވެފައޮ އޮތްގޮތް ތިޔަ ބޭފުޅުންނަށް ފެންނާނެ. އަދި މިހާރު އަޅުގަނޑުމެން، އެމްޓީސީސީން ހަދާފައި އޮތް މަގު ތިޔަބޭފުޅުންނަށް  ފެންނާނެ. ބޭރު މަގުގައި ދުއްވާލުން ވަރަށް ބޮޑަށް އެދެން. އެ ކޮލިޓީއާ އެއްޗެހި ބައްލަވާ ލެއްވުމަށް އެދެން. އެ ކޮލިޓީގައި އަމީނީމަގު ރަނގަޅު ކުރުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ

ވަޒީރު ޑރ. މުއްޠަލިބު

މިއާއެކު ވަޒީރު ވިދާޅުވީ އަމީނީމަގުން އެނގިގެންދަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފެންވަރު ކަމަށެވެ. 

”މި ސަރުކާރުން ކުރާ މަސައްކަތުގެ ފެންވަރު ފެންނާނީ ބޭރު މަގުން. އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު އިނގޭތޯ“ މުއްޠަލިބު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.