މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު
04 Aug 2026 | 10:56
މި ދައުރުގެ ތެރޭގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ: ޑރ. ޝަހީމް

މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. 

ރަޢީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމެއް އެއީ ކޮންމެ ރަށެއްގައިވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ކްލާސް ހިންގޭނެ އިންތިޒާމް ހަމަޖެއްސުމަކީ.

ޑރ ޝަހީމް

ޝަހީމް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށެވެ. އަދި ގުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ވަރަށް ގިނަ ރަށްރަށުގައި ހިންގުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާ މިއަހަރު ތެރޭގައި އެ ކްލާސްތައް ހުޅުވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

”މި އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި ހުޅުވިގެންދާނެ. މި ދައުރުގެ ތެރޭގައި ހުރިބާ ރަށެއްގައިވެސް ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތެއް އޮންނާނެ ގޮތަށް އިރާދަކުރެއްވިއްޔާ ތަރުތީބު ކުރެވިގެންދާނެ“ ޑރ. ޝަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން ޝަހީމް ވަނީ ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ބިނާ ކުރުމަށް ކުރެވެމުންދާ މަަސައްކަތްތަކަށްވެސް މިއަދު އަލިއަޅުވާލައްވާފައެވެ.

އެގޮތުން ވިދާޅުވީ، އިސްލާމީ މަރުކަޒުތަކުގެ އައު ޑިޒައިންތައް ތައްޔާރު ކުރެވެމުންދާ ކަމަށާ، އެ ޑިޒައިންތައް ބިނާ ކޮށްފައިވަނީ އެ ރަށާ ގުޅޭ ގޮތަށް ކަމަށެވެ. އަދި މީގެ ކުރިން ބައެއް ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތައް އެ ރަށަށް ބޭނުންވާ ވަރަށްވުރެ ބޮޑުކޮށް ހުރިކަން ފާހަގަކުރައްވައި ޝަހީމް ވަނީ ދެން ބިނާ ކުރާ މަރުކަޒުތައް ހުންނާނީ އެކަންކަމަށް ބަލައި، ޑިޒައިން ކުރެވިފައިކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.