އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
03 Aug 2026 | 10:30
އައްޑޫ ލިންކު ރޯޑު އޮތީ ވަރަށް ހާލުގައި؛ މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު

އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ، އައްޑޫ ލިންކު ރޯޑަކީ ވަރަށް ހާލުގައި އޮތް މަގެއް ކަމަށާ އެ މަގު ކޮންމެހެންވެސް ހަދަންޖެހޭ ކަމަށެވެ. 

އެގޮތުން ސަރުކާރުން މެޝިނަރީ ހޯދައިގެން ހަގީގަތުގައި އެ މަގަށް އެކަނިވެސް އަޅުގަނޑުމެންގެ އަންދާޒާއަކީ 400 ވަރަކަށް މިލިއަން ރުފިޔާ ދާނެއޭ ރަނގަޅު ފެންވަރަކަށް ހަދާ ކަމަށް ވަންޏާމުން.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު 

އެހެންކަމުން އެ މަޝްރޫޢު ވީ އެންމެ ޚަރަދު ކުޑަކޮށް، ސީދާ ކޮސްޓް ޕްރައިޒްގައި ކުރިއަށް ގެންދިޔުމަށް، މެޝިނަރީޒް ހޯދުމަށްފަހު އާރްޑީސީއާ ހަވާލުކުރެއްވި ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އަދި މަގު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަންވެސް ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް އައްޑޫ ރައްޔިތުން ބޭނުންވަނީ ތާރު އަޅާފައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް ހެދުން. އެހެންވީނާ މަސައްކަތް އެބަކުރަން އެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަން އެހެން ބަޔަކާ ހަވާލުކޮށްގެން، ސީދާ. ލިންކު ރޯޑުގެ މަސައްކަތް އެކަނި، ތާރުއެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ނަމަވެސް.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު 

ވަޒީރު ވިދާޅުވީ އައްޑޫ ލިންކު ރޯޑުގެ މަސައްކަތަކީ ޚަރަދު ބޮޑު މަސައްކަތަކަށްވުމުން ވީހާވެސް ޚަރަދު ކުޑަކޮށް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާ، އެ މަގު ނޫން އެހެން މަގުތައް އާރްޑީސީން ކުރިއަށް ގެންދާ ގޮތަށް ބާއްވައި، އެމަގުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރައްވާ ކަމަށެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެމަގު ވަރަށް ބޮޑަށް ހަލާކުވެ، އެކި ފަހަރުމަތިން މަރާމާތުކުރި ނަމަވެސް މަގުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. އައްޑޫގެ ބޮޑު އާބާދީއެއް 24 ގަޑިއިރު އެމަގު ބޭނުންކުރާއިރު ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. ބައެއް ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވެއެވެ. 

އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ލިންކް ރޯޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަދި ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް މީގެ ކުރިން އާރްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ