މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރު ޝަހީމް މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަނީ- ފޮޓޯ/ މަޖިލިސް
ހަބަރު
04 Aug 2026 | 13:44
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ވަޒީރު ޑރ. ޝަހީމް ނުކުންނަވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޖޭ ކޮންސްޓްރަކްޝަނުން ބިނާކުރަމުން އަންނަ މިސްކިތް ނިންމުން ލަސްވާ މައްސަލާގައި، އެ ކުންފުނީގެ ދިފާޢުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނުކުންނަވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

މީގައި ބައެއް ފަރާތްތަކުން އެ ކުންފުނި ކުށްވެރިކޮށް ސޯޝަލްމީޑިއާގަޔާއި އެކި ތަންތަނުގައި ވާހަކަދައްކާ. ހަގީގަތުގައި އަޅުގަނޑު މިނިސްޓަރުގެ ހައިސިއްޔަތުން ދަންނަވަނީ، އެ މަޝްރޫއު ރަނގަޅަށް ދިރާސާކޮށްފަ މި ދަންނަވަނީ ހަގީގަތުގައި އޭގައި މެދުވެރިވެފަ ހުރި ދަތިތައް. ހަގީގީ ދަތިތަކެއް

ވަޒީރު ޑރ. ޝަހީމް

އެހެންކަމުން އެޗްޑީސީއާއި އެހެނިހެން އިދާރާތަކާއި މަޝްވަރާކޮށް، އެ ގޮންޖެހުންތަކާއި ދަތިތަކަށް މިހާރު ހައްލު ހޯދިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. 

”މިސްކިތުގެ ޑިޒައިންގައި ހުރި ދަތިތައްވެސް ވަނީ ހައްލު ކުރެވިފައި. ކުރީގައި ޑިޒައިން ކުރެވިފައި އޮތް ގޮތުން އެތާނގެ ގުއްބު ބިނާކުރަން އޮތީ ގާތްގަނޑަކަށް މުޅި އިމާރާތް އެއްކޮށް. އެގޮތަށް ބިނާކޮށްފި ނަމަ ވަށް މިސްކިތަށް ދިމާވި މައްސަލަ ދިމާވާނެ“ 

ވަޒީރު ޝަހީމް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރު ޝަހީމް މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަނީ- ފޮޓޯ/ މަޖިލިސް

"އެހެންކަމުން އިންޖިނޭރުންގެ އާ ނަޒަރިއްޔާތަކާ އެކުގައި އެ ޑިޒައިނަށް މިހާރު ވަނީ ބަދަލުތަކެއް ގެންނަވާފައި އެޗްޑީސީއާ މަޝްވަރާކުރެވިގެން އަޅުގަނޑުމެން މި އުއްމީދުކުރަނީ الله އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫއު ނިމޭނެކަމަށް. އަމަލީ ގޮތުން މިހާރު ކުރިއަށް އެބަދޭ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ނިންމުމަކީ މި ސަރުކާރުގެ ޢަޒުމެއް. އަޅުގަނޑުމެން އެ މަސައްކަތް ނިންމާފައި އެތަން ހުޅުވައިދޭނަން އިންޝާ الله" ޝަހީމް އިތުރަށް ވިދާޅުވިއެވެ.

އެސްޖޭ ކުންފުނިން ހުޅުމާލޭގައި އަޅާ މިސްކިތް- ފޮޓޯ/ ވޮއިސް

ހިޔާ ފްލެޓުތައް ކައިރީ ސަލާޙުއްދީން ސްކޫލާ ޖެހިގެން އޮންނަ ބިމުގައި އެ މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއިކޮށްފައި ވަނީ ޖެނުއަރީ 2022 ގައެވެ.

އެ މިސްކިތް ބިނާކުރަން އެސްޖޭ ކުންފުންޏާ ހަވާލުކުރީ މާލޭގެ ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭއާ އެކު ހެދި އެއްބަސްވުން ބާޠިލުކުރުމުން ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ހުށަހެޅުމާ ގުޅިގެން ކުރީ ސަރުކާރާއެކު ވެވުނު ސެޓްލްމަންޓް އެގްރީމެންޓެއްގެ ދަށުންނެވެ.

އެ އެއްބަސްވުމުގެ ދަށުން 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ކަނޑައެޅި ނަމަވެސް އެ މުއްދަތު ފާއިތުވެ ތިން އަހަރުވެގެން ދިޔައިރުވެސް މިސްކިތް ނުނިމެއެވެ. 

އެސްޖޭ މިސްކިތް ނުނިންމާ އެ ކުންފުނިން އެ ސައިޓް އެހެން ބޭނުންތަަކަށް ގެންނަ މުދާ ބަަހައްޓާ ތަނަކަށް ހަދާފައިވާތީއާ މިސްކިތް ނުނިމި ދިގުލައިގެންދާތީ އާންމުން ފާޑުކިޔާތާވެސް އެތައް ދުވަހެއް ވެއްޖެ އެވެ.

އެ މިސްކިތް ނިންމުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އެކުންފުންޏަށް ދީފައިވަނީ މިދިޔަ ޑިސެމްބަރުމަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ