މަޖިލިސް އާންމު ކޮމިޓީ.. ފޮޓޯ: މަޖިލިސް
ހަބަރު
04 Aug 2026 | 18:22
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ ހެލްތު އިންޝުއަރަންސާމެދު ރައްޔިތުންނަށް ވިސްނިފައި އޮންނަގޮތް ރަނގަޅު ނޫންކަމަށް މަޖިލީހުގެ އާންމު ކޮމިތީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮމިޓީގައި މިއަދު މެމްބަރުންގެ ހެލްތު އިންޝުއަރަންސާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުގައްރިރު ވިދާޅުވީ، މެމްބަރުންގެ ހެލްތު އިންޝުއަރަންސާ ގުޅޭގޮތުން ރައްޔިތުން ކުރަނީ ކުށްހީއެއް ކަމަށެވެ. އެގޮތުން މެމްބަރުންނަށްވެސް ހެލްތު އިންޝުއަރަންސް ލިބެނީ ރައްޔިތު މީހާ އެކޭ އެއްބީދައިން އާސަންދައިގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

އެގޮތުން ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

މެންބަރުންގެ އިންޝުއަރެންސޭ ބުނީމަ ޚާއްޞަގޮތެއްގަ މީ... އާންމު ރައްޔިތުންނަށް ހަމަ އެއްގޮތްވެސް ހަމަ އިންނަނީ ވަރަށް ހިތްކަށިގޮތަކަށް. އެއީ މީ... މެންބަރެކޭ ބުނީމަ ހަމަ ބޭނުން ކޮންމެ ތަނަކުން ބޭނުން ވަރަކަށް އެއްވެސް ކަހަލަ ލިމިޓެއް ނެތި ބޭސްކުރެވޭނެކަމަށް އާންމުންގެ، ރައްޔިތުންނަށް އެނގިފަ މި އިންނަނީ. އެހެންވެ އެއްވެސް ވަރަށް ގޯސް ޚަބަރުތަކެއް މީ ފެތުރިގެން މިދަނީ. އަޅުގަނޑުމެންނަށްވެސް އިންނަނީ ހަމަ ލިމިޓެއް އިނގޭތޯ. ވަރަށް، ވަރަށް ކުޑަކުޑަ އެއްޗެއް އޭގެ ފަހުން ހަމަ މީ އިންނަނީ. ޚާއްޞަކޮށް ބޭރުން ބޭސްފަރުވާ ކުރެވޭ ގޮނާ... ބުނުމަކީވެސް އެއީ މުޅިން ސީދާ ތެދު ޚަބަރެއް ނޫން

ކޮމިޓީގެ މުގައްރިރު ޝާހިދު

މަޖިލީހުގެ ކޮމިޓީގައި މިއަދު އިންޝުއަރަންސްގެ ވާހަކަ ދެކެވުނީ މިހާރު މެމްބަރުންނަށް އިންޝުއަރަންސްގެ ހިދުމަތްދޭ ކުންފުނިން މެމްބަރުން ހިތްޕުޅު ހަމަޖެހޭ ގޮތަށް އެ ހިދުމަތް ނުދެވޭތީކަމަށް ކޮމިޓީގައި ވާހަކަދެއްކެވި މެމްބަރުންގެ ވާހަކައިން ދޭހަވެއެވެ. އެގޮތުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށްފަހު ކުރަންޖެހޭ މުއާމަލާތްތަކުގެ އިތުރުން ޕެކޭޖް ކުޑަކަން ބައެއް މެމްބަރުން ފާހަގަކުރިއެވެ. 

ހެލްތު އިންޝުއަރަންސް ހިދުމަތް ހޯދުމުގައި މެމްބަރުންނަށް ދަތިވާކަމަށް މެމްބަރުން ފާހަގަކުރިއިރު، އެންސްޕާ އަދި އާސަންދައިން މެމްބަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ގޮތްތަކެއް ބަހައްޓާކަމަށް ބައެއް ރައްޔިތުން ފާހަގަކުރެއެވެ.

މީގެ އިތުރުން ސަރުކާރު ހޮސްޕިޓަލުން އެނދު ހޯދުމަށް ދަތިވާފަހަރުތަކުގއި މެމްބަރުން މެދުވެރިކޮށް އެކަންކަން ފަސޭހަކަމާއެކު ހަމަޖެހުމާއި، އާސަންދައިގެ އެހީ ހޯދުމަށް މެމްބަރުންގެ ފަރާތުން އެދުމުން އެކަންކަން އަވަހަށް ނިމިގެންދާކަމަށްވެސް ފާހަގަކޮށްލެވެއެވެ. މިކަންކަން މިގޮތަށް ހުރުމުން މެމްބަރުންގެ ކިބައިން އެބާވަތުގެ ކަންކަމުގައި އެދުމަކީ ރާއްޖޭގައި އަށަގަނެފައި އޮތް ސަގާފަތެއްކަން ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.