ރައްޔިތުންގެ މަޖިލިސް
06 May 2026
މަޖިލިސް މެންބަރުން ޕާޓީން ވަކިކުރެވޭނެ އުސޫލު ކަނޑައަޅާ ބިލް ހުށައަޅަނީ
ގާނޫނަށް އިސްލާހު ގެންނަނީ މި ފަހުން ގާނޫނު އަސާސީއަށް ގެނެވުނު އެންޓި-ޑިފެކްޝަންއާ ގުޅޭ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރާ އިޖުރާއާތު ގަނޫނުގައި ބަޔާންކުރުމަށްޓަކައި ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމުގައި ވިދާޅުވި އެވެ.
06 May 2026
މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ބިލު މަޖިލީހަށް ހުށައަޅަނީ
އެ ބިލާއި ގުޅޭގޮތުން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ބިލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
05 May 2026
ފާމަސީތަކުގައި ހުރި ބޭސްތައް ހޮސްޕިޓަލްތަކަށް ފެންނާނެ ނިޒާމެއް ނެތް
ފާމަސީ ތަކުގައި ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ހޮސްޕިޓަލުތަކަށް ފެންނާނެ ނުވަތަ ބަލާލެވޭނެ ނިޒާމެއް އަދި ނެތް ކަމަށް ސްޓޭޓް ފާމާއިން މިއަދު ބުނެފިއެވެ.
05 May 2026
ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން ހައްލެއް ހޯދަންއެދި ހުށަހެޅި މައްސަލަ ބޭރު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.
04 May 2026
މާލޭ މަގުތައް ހެދުމުގެ މަސައްކަތް ލަހެއް ނުކުރަން
ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއެކު މާލޭގެ މަގުތައް ހެދުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާަ، އެގައުމުގެ ސަރުކާރުންނާއި، ރާއްޖޭގެ ސަރުކާރުންވެސް އެ މަސައްކަތް ލަސްކުރުމަށް މަސައްކަތް ނުކުރާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.
04 May 2026
ހިޔާ ފުލެޓާއި ފަހި ފުލެޓް ތަކުގެ އަގު ކަނޑައެޅި ގޮތް ވަޒީރު ކިޔައިދެއްވައިފި
ހިޔާ ފުލެޓްތަކުގެ ކުލިން 2000 ރުފިޔާ އުނިކުރިއިރު ފަހި ފުލެޓްތަކުގެ ކުލިން އުނި ނުކުރި ސަބަބުތައް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަބްދުالله މުއްޠަލިބު ސާފުކޮށްދެއްވައިފިއެވެ.
30 Apr 2026
ވަޒީރު އަލީ އިހްސާނަށް ވޯޓު ދިނީ ތާއިދުކުރާތީއެއް ނޫން؛ އެއީ ހެދުނު ގޯހެއް: މުހައްމަދު އިބްރާހިމް
ކުޑޫ ވިދާޅުވި ގޮތުގައި، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި ހޯމް މިނިސްޓަރ އަލީ އިހުސާނަށް ވޯޓު ދިނުމުގައި އޭނާއަށް ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އަދި އޭނާ ވަނީ އެކަން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ކުޑޫ ވިދާޅުވީ، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ، އެކަމަށްޓަކައި އޭނާ އިޚުލާޞްތެރިކަމާއެކު މާފަށް އެދޭކަމަށެވެ. އެގޮތުން، އެއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން އޭނާ އަށް އެނގިވަޑައިގަންނަވާކަން ވެސް އޭނާ ވިދާޅުވިއެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަޤީންކަން ކުޑޫ ވަނީ އަރުވާފައެވެ.
30 Apr 2026
ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަން: މީކާއިލް
އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ވަޒީރު އިހްސާނަށް ރުހުން ދެއްވުމުން މީކާއިލް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، މީކާއިލްގެ ޗެއަރޕަރސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނެކަމަށެވެ.