މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް: ފޮޓޯ/ މަޖިލިސް
ހަބަރު
04 May 2026 | 12:40
މާލޭ މަގުތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް؛ ޑިޒައިން އެންޑް ސާވޭ ޓީމް މިމަހު އަންނާނެ: މުއްޠަލިބު

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއެކު މާލޭގެ މަގުތައް ހެދުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާަ، އެގައުމުގެ ސަރުކާރުންނާއި، ރާއްޖޭގެ ސަރުކާރުންވެސް އެ މަސައްކަތް ލަސްކުރުމަށް މަސައްކަތް ނުކުރާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ‏ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ އެ މަޝްރޫޢު ކުރިއަށް ނުދާކަން ފާހަގަކުރައްވައި، އޭގެ ސަބަބު އޮޅުން ފިލުއްވަން ވަޒީރާ ސުވާލުކުރައްވާފައެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ހިލޭ އެހީއާއި، ލޯން އެހީއާއި، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކަކީ މުޅިން ތަފާތު އުސޫލު ތަކެއްގެ ދަށުން ތަފާތު ގޮތްގިތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކެއް ކަމަށެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގެ ވިޔަސް، ހިލޭ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓް ތަކަކީ އެގައުމެއްގައި ކަނޑައަޅާފައި އޮންނަ އުސޫލުތަކާ ގަވާއިދުތަކުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެއް. ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެން އިއުލާން ކުރެއްވި މާލޭ މަގުތައް ހެދުމުގެ މަޝްރޫޢު އޭރުއްސުރެ ފެށިގެން ޗައިނާއިން ހިލޭ އެހީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް މަސައްކަތްތައް ކުރިއަށް އެބަދޭ

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް

އެގޮތުން މީގެ ކުރިންވެސް ޗައިނާއިން ދޭ ހިލޭ އެހީގެ ދަށުން މީގެ ކުރިންވެސް ކުރިއަށް ގެންދެވުނު މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާނީ، އެ ޕްރިޖެކްޓޭއްގެ ފީޒިބިލިޓީ ސްޓަޑީޒް ސްޓޭޖް ނިންމައި، ސާވޭ ޑިޒައިން ސްޓޭޖް ނިންމުމަށްފަހު ކޮންސްޓްރަކްޝަން ސްޓޭޖާ ހަމައަށް ދިޔުމަށްފަހުގައި ކަން ފާހަގަކުރެއްވިއެވެ.

މިއިން ކޮންމެ ސްޓޭޖެއްގައިވެސް ޗައިނާގައި ޓެންޑާ ކުރެވިގެން ވަކި ބަޔަކު ހޮވައިގެން އެބަޔަކު އައިސް މަސައްކަތްކޮށްފައި އަނެއް ސްޓޭޖަށް ދިޔުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްގެން އަބަދުވެސް ކުރިއަށްދަނީ. އެ އުސޫލުން މަގުހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދަނީ.

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބް

މަގު ހެދުމުގެ މަސައްކަތުގެ އަދާހަމަ ދެއްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ފީޒިބިލިޓީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާ ސާވޭ ޑިޒައިން ކުރާނެ ބަޔަކު ހޮވާފައިވާ ކަމަށެވެ. އަދި ސާވޭ ޑިޒައިންކުރާ ޓީމު މި މަސްތެރޭގައި ރާއްޖެ އަންނާނެ ކަމަށާ، އެ މަސައްކަތް ނިމުމުން ކުރިއަށް ހުރި މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ޗައިނާގައި ޓެންޑާ މަރުހަލާ ކުރިއަށް ގެންދާނެ ކަމަށާ، މަސައްކަތަށް ކޮންޓެކްޓަރު ކަނޑައެޅުމުން އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް  ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސައްކަތް ލަސްކުރަން ޗައިނާއިން އަދި ރާއްޖެއިންވެސް މަސައްކަތް ނުކުރާ ކަމަށާ، އޭގެ ބަދަލުގައި ސަރުކާރުން މިހާރުވެސް އަންނަނީ ކުރެވެން ހުރި މަސައްކަތެއް ކޮށްގެން މާލޭ މަގުތަކުގެ ޖާގަ ތަނަވަސްކޮށް ރައްޔޮތުންނަށް ފަސޭހަ ކޮށްދެއްވަން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.