މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އުޝާމް މައުލޫމާތު ދެއްވަނީ --
ހަބަރު
06 May 2026 | 16:58
މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ބިލު މަޖިލީހަށް ހުށައަޅަނީ

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި ޚާއްސަ ގާނޫނެއް ވުޖޫދު ކުރުމަށްޓަކައި، އޭގެ ބިލް މަޖިލީހަށް ހުށައެޅުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި ޚާއްސަ ގާނޫނެއް ވުޖޫދު ކުރުމަށްޓަކައި، އޭގެ ބިލް ޑްރާފްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެ ބިލް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ބިލާއި ގުޅޭގޮތުން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ބިލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ މި ދައުރު އެބަ ނިމޭ މި މަހު 15 ގައި. ގާތްގަނޑަކަށް ދެ ހަފްތާގެ ޗުއްޓީއަކަށްފަހު ދެން މި ހުޅުވެނީ ޖޫންމަހުގެ އެއްވަނަ ދުވަހު. އަޅުގަނޑު ގަބޫލުކުރަނީ ދެ ވަނަ ދައުރަށް މި ބިލުގެ މަސައްކަތް ނިންމައި މަޖިލީހަށް ހުށަހެޅޭނެކަމަށް," އުޝާމް ވިދާޅުވި އެވެ.

މި ބިލާއި ގުޅޭގޮތުން ރައީސް ކުރީން ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަވެފައި ތިބި މީހުން އެބަތިބި ކަމަށާ އެފަދަ ފަރާތްތަކަށް އެ އަދަބު ތަންފީޒުނުކުރައްވައި އެކަން މަޑު ޖައްސާލައިގެން ހުރުމަކީ އެ މަނިކުފާނަށް އޮތް “ޗޮއިސްއެއް“ ނޫންކަމަށެވެ.

މީގެ އިތުރުން ޑްރަގް ޓްރެފިކިން ގެ މައްސަލާގައި ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ވަކިވަރަކަށްވުރެ ގިނައިން ޑްރަގް އެތެރެކުރާ މީހުންނަށްވެސް މަރުގެ އަދަބުދޭން ފާސްކުރެވިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެފަދަ ފަރާތްތަކަށްވެސް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން އަދި މިހާތަނަށް ކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން މަރުގެ އަދަބު ތަންފީޒުކުރުމަށް، އެކަމަށް ޚާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލަންޖެހޭ ކަމަށާ، ހަމައެކަނި ގަވާއިދެއް ނުވަތަ އުސޫލެއްގެ ދަށުން އެކަން ކުރެވުމުގެ ބަދަލުގައި ގާނޫނެއްގެދަށުން އެކަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.