އިބްރާހިމް މުހައްމަދު؛ ފޮޓޯ / ރައްޔިތުންގެ މަޖިލިސް
ހަބަރު
30 Apr 2026 | 16:04
ވަޒީރު އަލީ އިހްސާނަށް ވޯޓު ދިނީ ތާއިދުކުރާތީއެއް ނޫން؛ އެއީ ހެދުނު ގޯހެއް: މުހައްމަދު އިބްރާހިމް

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ކެބިނެޓަށް އަލަށް އައްޔަނުކުރި ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ނެގި ވޯޓުގައި، ވަޒީރު އަލީ އިހްސާނަށް ވޯޓު ދިނީ ތާއިދުކުރާތީއެއް ނޫންކަމަށާއި އެއީ ހެދުނު ގޯހެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ކުޑޫ) ވިދާޅުވެއްޖެއެވެ.

ކުޑޫ މިހެން ވިދާޅުވެފައިވަނީ، މިއަދު އޭނާ އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

ކުޑޫ ވިދާޅުވި ގޮތުގައި، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި ހޯމް މިނިސްޓަރ އަލީ އިހުސާނަށް ވޯޓު ދިނުމުގައި އޭނާއަށް ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އަދި އޭނާ ވަނީ އެކަން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުޑޫ ވިދާޅުވީ، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ، އެކަމަށްޓަކައި އޭނާ އިޚުލާޞްތެރިކަމާއެކު މާފަށް އެދޭކަމަށެވެ. އަދި އެކަން ބަލައިގަތުމަކީ އުނދަގޫކަމެއްކަން އޭނާއަށް އިނގޭކަމަށްވެސް ކުޑޫ ވަނީ ވިދާޅުވެފައެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަޤީންކަން ކުޑޫ ވަނީ އަރުވާފައެވެ.

ކުޑޫ އެކްސްގައި ކުރި ޕޯސްޓް

އިއްޔެ ކުޑޫގެ އިތުރުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޖުމްލަ 8 މެންބަރަކު ވަނީ ވަޒީރު އިހްސާނަށް ރުހުން ދެއްވާފައެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ އާންމު ގިނަ މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، އެ މީހުން އެމްޑީޕީއާއި ގުޅުނީ އެއީ އެމްޑީޕީއަކީ އޮޕޮޒިޝަން ޕާޓީއަށް ކަމުގައި ވާތީއެވެ. އަދި އެމްޑީޕީން ސަރުކާރުގެ ކަންތައްތަކައް ތާއިދުކުރުމަކީ ވަރަށް ދެރަކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.