ރައްޔިތުންގެ މަޖިލިސް
13 Apr 2026
ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް, ތެލެސީމިއާއަށް ގިނަ ބަދަލުތަކެއް
މި މަސައްކަަތަކީ ކަމާގުޅޭ ބައިނަލްއަގުވާމީ ފެންވަރުގެ މާހިރުންނާ އަދި ދިވެހިރާއްޖޭގައި ތިއްބެވި ކަމާ ގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު 2 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެއް
13 Apr 2026
އާސަންދަ ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައިނުގަތް
ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް އާސަންދައިގެ ޚިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވެ، ހުށަހެޅި ކުއްލި މައްސަލަ އަނބުރާ ފޮނުވައިލައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)އެވެ. އެ ކުއްލި މައްސަލައިގައި ބުނެފައިވާގޮތުން، ހޮސްޕިޓަލުތަކާއި ކުލިނިކްތަކުން ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ލިބެމުން އައި އާސަންދައިގެ ޚިދުމަތް އެ ތަންތަނުން އަންނަނީ ހުއްޓައިލަމުންނެވެ. ސް ސިޓީތަކަށް ބޭސް ނުލިބުމާއި، ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްނުދެވޭ މައްސަލަތައް ފެންމަތިވާކަމަށްވެސް ބުނެފައިވެއެވެ.
12 Apr 2026
ދިގުރަށު އަލިފާނުގެ ހާދިސާގެ ތަހުގީގު ހިނގާގޮތް ބަލަން މަޖިލީހަށް ހުށަހަޅައިފި
މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ހިނގި މި ހާދިސާގައި އަށް މީހަކު ފިހިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާ ދޭން މާލެ ގެނައެވެ. އަދި ތިންވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މެންބަރު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ" މެދުވެރިކޮށް މިކަމުގެ ތަފްސީލީ މައުލޫމާތު ސާފުކުރުމަށެވެ.
30 Mar 2026
މިދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅަން މަސައްކަތް އެބަ ކުރަން
ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Mar 2026
ބިލް ތަސްދީގު ކުރައްވައިފި، ދަރިފުޅަށް ދެ އަހަރު ވަންދެން ކުއްޖާ ބެލުމަށް ވަގުތު ލިބޭނެ
އިޞްލާޙުތަކުގެ ތެރޭގައި، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން ދެ އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
11 Mar 2026
ތާއީދު ކުރަނީ އެއްދުވަހެއްގައި އިންތިހާބުތައް ބޭއްވުމަށް، ފައިދާ ބޮޑީ އެގޮތް: ޝިހާބު
"މި އިންތިހާބުތައް [ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިހާބު] އެއް ދުވަހެއްގައި ބޭއްވިއްޖެނަަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން," ޝިހާބު ވިދާޅުވި އެެވެ.
10 Mar 2026
ދެ އިންތިހާާބު އެއްދުވަހެއްގައި ބާއްވަން ތާއީދު: އެމްޑީއޭ
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ފަހު ބަސް އިއްވާނީ ރައްޔިތުންނެވެ. އެ ނިންމުން ރައްޔިތުން ނިންމާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.
10 Mar 2026
އައު ކަމެއް ނޫން؛ ދެ އިންތިހާާބު އެކުގައި ބާއްވަން ތިން ހުށައެޅުމެެއް ހުށައެޅި ތާއީދު ލިބި ގޮތް ނިންމާފައިވޭ
ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސް ކުރެވި ގޮތް ނިންމާފައިވާ ކަމަށެވެ.
09 Mar 2026
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ގާސިމް
ގާސިމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލް ޖުމްހޫރިއްޔާ ހޮވުމުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ.
17 Feb 2026
އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ރިފްޢަތު އައްޔަންކުރަން ފާސްކޮށްފި
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އެކޮމިޝަންގެ ކުރީގެ ލީގަލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ރިފްޢަތު ޢަބްދުالله އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.