ރައީސް ސޯލިހްގެ އެޑްވައިޒަަރަކަށް އައްޔަނު ކުރެއްވުމުން ޝިހާބު އެމަނިކުފާނާއި ސަލާމް ކުރައްވަނީ -- ފައިލް ފޮޓޯ
ހަބަރު
11 Mar 2026 | 16:58
ތާއީދު ކުރަނީ އެއްދުވަހެއްގައި އިންތިހާބުތައް ބޭއްވުމަށް، ފައިދާ ބޮޑީ އެގޮތް: ޝިހާބު

އެއް ދުވަހެއްގައި އިންތިހާބުތައް ބޭއްވުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ވެރިކަމުގައި އެ ދެ ބޭފުޅުންނަށް ލަފާ ދެއްވުމަށް އެޑްވައިޒަރެއްގެ މަގާމު ފުރުއްވި މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

ޝިހާބު މިހެން ވިދާޅުވީ "ހޭލުން" މިނަމުގައި ކުރިއަށް ގެންދާ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝިހާބު ވިދާޅުވީ އެއް ދުވަހެއްގައި އިންތިހާބުތައް ބޭއްވުމަކީ އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ވިދާޅުވީ އިރުއިރުކޮޅާ އިންތިހާބުތައް ބޭއްވުމަކީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އިރުއިރުކޮޅާ އިންތިހާބުތައް ބާއްވަން ޖެހުން ކުރަން ޖެހޭ ހަރަދު ބޮޑުވެ ގައުމުގައި އޮންނަން ޖެހޭ ހަމަޖެހުމަށް އަސަރުކުރާ ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބުތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

ޝިހާބުގެ ވިސްނުންފުޅަކީ ތިން އިންތިހާބުވެސް އެއް ދުވަހެއްގައި ބޭއްވުން ކަމުގައި ވިދާޅުވި އެވެ.

"މި އިންތިހާބުތައް [ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިހާބު] އެއް ދުވަހެއްގައި ބޭއްވިއްޖެނަަ ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން," ޝިހާބު ވިދާޅުވި އެެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވޯޓްލާ ބޮޑު އާބާދީއަށް އެހެން އިންތިހާބުތަކުގައި ވޯޓް ދިނުމުގެ ފުރުސަތު ވެސް ފަހި ވެގެންދާނެ ކަމުގައި ޝިހާބު ވިދާޅުވި އެވެ. 

"މިފަހަރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތް ސުވާލަކީ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހާއި އަދި ދެން އަންނާނެ ރިޔާސީ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުމާމެދު އަޅުގަނޑުމެންނަށް ފެންނަ ގޮތެއް ނިންމުން. އެގޮތުގައި އަޅުގަނޑަށް ބުރަވެވެނީ ދެ އިންތިޚާބު އެއް ދުވަހަކަށް ބަދަލުކޮށްލެވުނީމަ ވަރަށް ބޮޑެތި ފައިދާތަކެއް ޤައުމަށް ލިބިގެންދާނެ ކަމަށް," ޝިހާބު ވިދާޅުވި އެވެ.

ޝިހާބު އަކީ ދިވެހި ބަރުލަމާނީ ހަޔާތުގަައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި 24 އަހަރަށް ވުރެ ދިގު މުއްދަތަކަށް މެންބަރުކަން ކުރެއްވި އެވެ. އަދި ރައީސް ނަޝީދުގެ ސަަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.