ޗެމްޕިއަން ޓީމް ތަށި އުފުލާލަނީ
ކުޅިވަރު
20 Sep 2026 | 19:25
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބުން ހޯދައިފި

ކ. ކާށިދޫގައި ކާމިޔާބުކަމާއެކު ކުރިއަށްދިޔަ "ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

އެމްޖީ ސްޕޯޓްސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އެންޖީ ސްޓާޓިންއާ ވާދަކޮށް މޮޅުވެގެންނެވެ. މިމެޗް އެމްޖީ ސްޕޯޓްސް ގެންދިޔައީ 10-4 ގެ ނަތީޖާއިންނެވެ. މުޅި މުބާރާތުގައި ވެސް އެމްޖީ ސްޕޯޓްސް ފެނިގެން ގޮސްފައިވަނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.

ޗެމްޕިއަން ޓީމް

ފައިނަލް މެޗަށްފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްފައިވާއިރު، މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ޓީމުތަކަށާއި ކުޅުންތެރިންނަށް ވަނީ ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ރަނަރަޕް ޓީމް

މި މުބާރާތުގެ ވަކިވަކި ވަނަތަކަށް ބަލާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ ޓޯނަމަންޓް" ގެ މަގާމު ހޯދާފައިވަނީ ޗެމްޕިއަން އެމްޖީ ސްޕޯޓްސްގެ މައީޝާ މުޖުތަބާއެވެ.

ކުއީން އޮފް ދަ ޓޯނަމަންޓް

މީގެއިތުރުން، އެންމެ އުންމީދީ ކުޅުންތެރިޔާ (ޕްރޮމިސިންގ ޕްލޭޔަރ) ގެ އެވޯޑް މިޝްޔާ ހާސިލުކުރިއިރު، މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން ވެސް ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ

މި މުބާރާތުގެ އެންމެ އަޚްލާގު ރަނގަޅު ޓީމު ނުވަތަ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ނައިންއެކްސް އެވެ.

ފެއާ ޕްލޭ ޓީމް

އެންމެ މޮޅު ކޯޗްގެ މަގާމް ހޯދީ އެމްޖީ ސްޕޯޓްސްގެ ކޯޗް އަލީ ނަޖާހެވެ.

އެންމެ މޮޅު ކޯޗް

މި މުބާރާތަކީ ކާށިދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ހުނަރުވެރި އަންހެން ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ. 

މުބާރާތުގެ އެންމެމޮޅު 7 ކުޅުންތެރިން..

ކާށިދޫގެ 15 ކްލަބެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ "ކާށިދޫ ޔޫތް ޓްރޮފީ" އިން އިންތިޒާމުކުރާ މި މުބާރާތަކީ އެ ޖަމްޢިއްޔާއިން ބޭއްވި ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ. މީގެ ކުރިން ކާށިދޫ ޔޫތް ޓްރޮފީގެ ނަމުގައި ވަނީ ކާމިޔާބު ދެ ފުޓްބޯޅަ މުބާރާތެއް ވެސް ބާއްވާފައެވެ. އަދި 2013 ވަނަ އަހަރު ވެސް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިފަދަ ހޭންޑްބޯލް މުބާރާތެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.