ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ހަބަރު
13 Apr 2026 | 11:46
ކުއްލި މައްސަލައިގެ ޝަރުތުހަމަނުވާތީ، އާސަންދަ ނުލިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައިނުގަތް

ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް އާސަންދައިގެ ޚިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވެ، ހުށަހެޅި ކުއްލި މައްސަލަ އަނބުރާ ފޮނުވައިލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)އެވެ.

އެ ކުއްލި މައްސަލައިގައި ބުނެފައިވާގޮތުން، ހޮސްޕިޓަލުތަކާއި ކުލިނިކްތަކުން ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ލިބެމުން އައި އާސަންދައިގެ ޚިދުމަތް އެ ތަންތަނުން އަންނަނީ ހުއްޓައިލަމުންނެވެ. ސް ސިޓީތަކަށް ބޭސް ނުލިބުމާއި، ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްނުދެވޭ މައްސަލަތައް ފެންމަތިވާކަމަށްވެސް ބުނެފައިވެއެވެ. 

އެގޮތުން، ފީޑިންގް ޓިޔުބް ލިބުން ލަސްވި މައްސަލަ ފާހަގަކުރައްވާފައިވެއެވެ.

”އެފަދަ ކަންކަން ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި ނާޖާއިޒު ފައިދާ ނެގުމަށް އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ސަރުކާރުން ބަދަލު ގެނެސް، ބޭހާއި މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވައިފައިވުމުން ކަމަށް މައުލޫމާތު ލިބޭ“ މައްސަލާގައި ބުނެފައިވެއެވެ. 

މި މައްސަލައާ ގުޅޭގޮތުން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލައެއް ވާންވާނީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ކަމަށެވެ.

"އެހެން ނަމަވެސް، އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި ނާޖާއިޒު ފައިދާ ނެގުމަށް ސަރުކާރުން އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލު ގެނެސްގެން ބޭހާއި މެޑިކަލް ސާމާނު ވަކިބައެއްގެ އަތުން ގަތުމަށް ރާވައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ހަގީގަތެއްކަން އިއްޒަތްތެރި މެންބަރަށް ދައްކުވައިދެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުއްލި މައްސަލާގައި ބަޔާންކޮށްފައިވާ ކަމެއް ދިމާވާންޖެހޭނީ ކުއްލިއަކަށް ކަން ގަވާއިދުގައިވާއިރު، އެ ޝަރުތުވެސް ފުރިހަމަނުވާ ކަމަށް، ނާޒިމް ވިދާޅުވިއެވެ.

”ކުއްލި މައްސަލައަކީ ވޭތުވެދިޔަ 7 ދުވަސްތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށްވާންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، މެންބަރު ފޮނުއްވި މައްސަލާގައި އެ ޝަރުތުފުރިހަމަ ނުވާކަމުގައި ދަންނަވަން. ވީމާ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ކަމުގައި ދަންނަވަން.“ ނާޒިމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ