ރަސްމާލެ
ހަބަރު
25 Aug 2026 | 08:51
716 ހެކްޓަރު ހިއްކައި، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިއީ ރާއްޖޭގެ އެންމެ ބޮޑުރަށް، ލ. ގަމަށްވުރެ 107 ހެކްޓަރު ބޮޑު މިންވަރެކެވެ. ގަމުގެ ބޮޑު މިނަކީ 609 ހެކްޓަރެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ނާޝިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީޚުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މި މަޝްރޫޢުގައި ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ވަނީ ކަނޑައަޅައިފައެވެ. އަދި މުޅި މަޝްރޫޢުގެ 62 އިންސައްތަ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ތަރައްޤީކުރާ މި އިކޯ ސިޓީން 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާ އިރު ފުރަތަމަ ފިޔަވަހީގައި 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯއްޗަށް ހުށަހެޅި ފޯމުތައް އިވެލުއޭޓްކޮށް ނިމެންވާ އިރަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމައިލެވޭނެއެވެ. މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ޢާންމުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުރުޞަތު ހުޅުވައިލި މުއްދަތުގައި ޚާއްޞަ ޕޯޓަލް މެދުވެރިކޮށް 58,505 ފޯމު ވަނީ ހުށަހަޅައިފައެވެ. އެ ޢަދަދުގެ ތެރެއިން 35,930 ފޯމު ހުށަހެޅީ ފްލެޓަށް ކަމަށް ވާ އިރު ގޯއްޗަށް އެދި ހުށަހެޅި ފޯމުގެ ޢަދަދަކީ 22,575 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.