މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
10 Mar 2026 | 16:10
އައު ކަމެއް ނޫން؛ ދެ އިންތިހާާބު އެކުގައި ބާއްވަން ތިން ހުށައެޅުމެެއް ހުށައެޅި ތާއީދު ލިބި ގޮތް ނިންމާފައިވޭ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސް ކުރެވި ގޮތް ނިންމާފައިވާ ކަަމަށާ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ގޮތެއް ނިންމީ އަލަށް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ ރައްޔިތުން މަޖިޅީސް ތަމްސީލް ކުރައްވާ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސް ކުރެވި ގޮތް ނިންމާފައިވާ ކަމަށެވެ.

އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހަށް ތިން ހުށަހެޅުމެއް ހުށަހެޅި، ތާއީދު ލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމާ ގުޅޭގޮތުން ހާއްސަ މަޖިލީހަށް ހުށަހެޅުނު އިސްލާހުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަޙީދު ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވި އިސްލާހެކެވެ.

އެ އިސްލާހުތަކުގެ ކަރުދާސްތައް ވެސް ނާޒިމްގެ ޕޯސްޓްގައި ހިމަނުއްވާފައިވެ އެވެ.

މި ތިން ހުށައެޅުމުގައި ވެސް ވަނީ ދެ އިންތިހާބު އެކިއެކީ ބޭއްވުމަށެވެ.

ގާނޫނު އަސާސީ އެކުލަވާލި ދުވަސްވަރާއި އަދި ކުރީގެ ރައީސް މައުމޫން އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނާޒިމް އިހަކަށް ރޭ އޮތް ޖަލްސާއެއްގައި ވެސް ވިދާޅުވީ އެދުވަސްވަރު ވެސް ދެ އިންތިހާބު އެކުއެކީގައި ބޭއްވުމާ ގުޅޭ ގޮތުން ހާއްސަ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅާ، އެ ހުށަހެޅުމަށް ތާއީދު ލިބި، އެ ހުށަހެޅުމަށް ވޯޓަށް ވެސް އެހި ކަމަށެވެ. 

އެހެންކަމުން މިއީ މިއީ ކުރެވި، ނިމިފަ އޮތް ބަހުސެއް ކަމަށާއި، އެއީ އޭރު ރައްޔިތުން ގޮތް ނިންމި ކަމެއްކަމަށްވެސް ނާޒިމްގެ ވާހަކަފުޅުގައި އެރޭ ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާއި ގުޅޭގޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. މި ވޯޓަށް އިދިކޮޅު އެމްޑީޕީން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް އެމްޑީޕީގެ ވެރީން މީގެ ކުރީން ވަނީ ދެ އިންތިހާބު އެކިއެކީ ބޭއްވުމަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ. ބައެއް ބޭފުޅުން ވަނީ ތިން އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ވެސް ފެންނަ ކަަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.