ރައްޔިތުންގެ މަޖިލިސް
13 Sep 2022
މެންބަރުން ހާޒިރުނުވާތީ ރައީސް ނަޝީދުގެ ނުރުހުން!
ގަވާއިދުން މުސާރަ ލިބޭއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުނުވާތީ ރައްޔޮތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފައުޅުކޮށްފިއެވެ.
12 Sep 2022
އިނގިރޭސިންގެ ހިމާޔަތް ނުލިބުނު ނަމަ ރާއްޖެ ނިކަމެތިވީސް
އިނގިރޭސީންގެ ހިމާޔަތް ދިވެހިރާއްޖެއަށް ނުލިބުނު ނަމަ ދިވެހިރާއްޖެ ވަރަށް ބޮޑަށް ނިކަމެތިވެގެން ދިޔައިސް ކަމަށް ރައްޔިތުންގއ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
12 Sep 2022
ވަކީލުކަމުގެ ސަނަދު ދޫނުކުރާތީ ދަސްވެނިން އިހްތިޖާޖު ކުރަނީ!
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދާއި ގުޅިގެން ދަސްވެނިންނަށް ވަކީލު ކަމުގެ ހުއްދު ނުލިބޭތީ އެ ގަވާއިދު އިސްލާހު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އިހްތިޖާޖު ކުރަންފަށައިފިއެވެ.
12 Sep 2022
ސަރުކާރުގެ މަގްސަދަކީ ރިޔާސީ އިންތިޚާބަށް މުއްސަދިންގެ ޖީބުން ފައިސާ ހޯދުން
ސަރުކާރުން ސްޕޮންސަރކޮށްގެން ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ މަގްސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މުއްސަދިންގެ ޖީބުތަކުން ފައިސާ ހޯދުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
12 Sep 2022
އެންމެ ކުޑަ އުޖޫރަ ދިނުމުގައި ދިވެހިންނާއި ބިދޭސީން ތަފާތުކުރުމަށް ހިތްވަރުދީފި
އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖު) ދިނުމުގައި ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިން ތަފާތުކުރުމަށް ހިތްވަރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވާހަކަދައްކަވައިފިއެވެ.
12 Sep 2022
ސަރުކާރަށް ސަނާކިޔުމުގައި މިނިސްޓަރުން ކުފުރުވާ ހިސާބަށް ގޮސްފި
ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއަށާއި، މި ސަރުކާރަށް ސަނާކިޔުމުގައި މިނިސްޓަރުން ކުފުރުވާ ހިސާބަށް ކަންކަން ގޮސްފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
08 Sep 2022
އެމްޕީއެލް ފްލެޓުތަކުގެ ޝަކުވާ މަޖިލީހާއި ހިއްސާކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ފްލެޓުތަކުގެ މައްސަލަތާއި ގުޅޭ ގިނަ ޝަކުވާތަކެއް އެ ކުންފުނީގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއާއި ހިއްސާކޮށްފިއެވެ.
07 Sep 2022
މިސަރުކާރުން ތިނަދޫއަށް ވެފައިވާ ވައުދުތައް ކުރިއަށްނުދޭ: ސަނީފް
މިސަރުކާރުން ގދ.ތިނަދޫއަށް ވެފައިވާ ވައުދުތައް ކުރިއަށްނުދާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވެއްޖެއެވެ.